މިއަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބ.އޭދަފުށީ ވަފާ ޖަމިއްޔާގެ އަންހެން ޓީމާއި ބ.ގޮއިދޫ އަންހެން ޓީމާއިއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.
ބ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅެވުނު މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ގޮއިދޫ ޓީމް އޭދަފުއްޓަށް އައުމުން ވަފާ ޖަމިއްޔާއިންވަނީ އެޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މައިގަނޑުގޮތެއްގައި ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންދިއުމުގައި އޭދަފުށީގައި ހަރަކާތްތެރިވާ ވަފާ ޖަމިއްޔާއިން އަންނަނީ ފަހަކަށް އައިސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން އިޖްތިމާއީ ގޮތުންނާއި، ކުޅިވަރާއި ގުޅުންހުރި ތަފާތު ޕްރޮގްރާމްތައް މިއަހަރުގެ މިހާތަނަށް އެޖަމިއްޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ޖަމިއްޔާއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވިސްނާކަމަށެވެ.