
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ކުރިއަށް ގެންދިޔަ ކުއިޒްގެ ޗެމްޕިއަންކަން “ޓީމް ފެމިލީ” ހޯދައިފިއެވެ.
ޓީމް ފެމިލީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕީޓީއޭ ޓީމާއި ވާދަކޮށް 140 ޕޮއިންޓް ހޯދައިގެންނެވެ. ޕީޓީއޭ ޓީމަށް ލިބުނީ 120 ޕޮއިންޓެވެ. 2 ދުވަހަށް ބަހާލައިގެން އޭދަފުށީ މަލްޓި ޕާރޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މި ކުއިޒްގައި ޖުމްލަ 11 ޓީމް ބައިވެރިވިއިރު މުބާރާތުގެ މެޗްތައް ވަރަށް ވާދަވެރިކަމަށް އެ ސެންޓަރުން ބުންޏެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ ތައްޓާއި -/1500 ރުފިޔާއާއި ދެވަނަ ޓީމަށް ހުށަހަޅާފައިވާ -/500 ރުފިޔާގެ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެޙްމާން ބ. އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ ޢަލީ ޝަފީގެވެ. މުބާރާތުގެ މެއިން ސްޕޮންސާ އަކީ ބ.އޭދަފުށީ ސަމޫމް އެލްމެނިއަމްސް އެވެ. ކޯ ސްޕޮންސަރުންނަކީ ޖޭ ޕޯޓްރެއިޓްސް އަދި ފެއިމްސް ވެއަރ އެވެ.
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުއިޒް މުބާރާތެއްގެ އިތުރުން “ގޭތެރޭގެ އަނިޔާ” އާއި ގުޅޭ މަޢުލޫމާތު ސެޝަނެއް އަދި އެކުވެރިކަމުގެ ބަށިމެޗަކާއި، ނެޓްބޯޅަ މެޗެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އަސްލު ހަމަ ހަޖަމްކުރަން އުދަނގޫވަނީ…….. ކާމިޔާބަކީ މަސައްކަތް ތެރިންގެ ޙައްގެ….އެހެންނޫނަސް ހުރިހާ ނީމް ތަކަކަށް ސުވާލާއި ޖަވާބު ކަރުދާސް 5 ދުވަސްކުރިން ދީގެން ތައްޔާރު ވާން ފުރުސަތު ދީ…. އަދި ކުއިޒްގަ ޖަވާބުދޭން ޖެހޭ ސުވާލުތަށް ގުރުއަތުން ނަގައިގެން ކުރިޔަށް ގެންދިޔަ މުބާރާތެއްގަ ” އޮފީހުގެ މުވައްޒަފުގެ އާއިލާ އަށް ޗެމްޕިއަން ކަން ލިބުމުން ދޭހަވަނީ މީގަ މައްސަލަތަކެއް އުޅޭހެން.” ބުނެވޭނެ ޖާގައެއް އޮތް ކަމަކަށް ނުވިސްނޭ…..ބުނެލަން އޮތީ އެއީ ހަމަ ”ޓީމް ފެމިލީ” ބުރަ މަސައްކަތޭ……ހަޖަމް ނުވިޔަސް ހަމަ ސޮރީއޭ ބުނެވޭނީ……
ބައިވެރިއެއްގެ ހައިސިއްޔުން ބުނެލާނީ އަނެންހެން ގޯހެއް ނޫނޭ މުބާރާތް. މުވައްޒަފުންގެ މަސްލަހަތު އޮންނަ ޓީމްތައް ބައިވެރި ނުކުރުމަށް ގޮވާލީމަ ބުނެލަން ބޭނުންވަނީ ގިނަ ޓީމް ތަކަކީ މުވައްޒަފުންގެ މަސްލަހަތު އޮތް ޓީމްތަކޭ. އެތަނުން ކޮންމެ ޓީމަކަށް ޗެމްޕިއަންކަން ލިބުނު ނަމަވެސް މިއަދު މިގޮތަށް ލިޔެވޭނެ. ޓީބީ ޓީމް، ހޮސްޕިޓަލް ޓީމް، ޕޮލިސް ޓީމް އަދި ޕީޓީއޭ ޓީމަކީވެސް މަސްލަހަތު އޮތް ޓީމްތައް. އެހެންވީމަ ތިވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނޫން.
މުވައްޒަފުންގެ މަސްލަހަތު އޮތްބަޔަކަށް ޗެމްޕިއަން ލިބުނީމަ ސުވާލު އުފެދޭ.
އަހަރުން ހަމަ ކަޓުވާލީ. ފޭކު ބައެއް މީ ޖެންޑަރ މީހުން. ދެން މީގެފަހުން ޖެންޑާއިން ކުރާ ކަމެއްގަ ބައިވެރިނުވާން ބައިއަތު ހިފާއިފިން.
އެއްވެސް އިންސާފެއް ނޫން މިކުއިޒެއް!!! ކުއިޒް ބޭއްވި އޮފީހުގެ މުވައްޒަފުގެ އާއިލާ އަށް ޗެމްޕިއަން ކަން ލިބުމުން ދޭހަވަނީ މީގަ މައްސަލަތަކެއް އުޅޭހެން. މުވައްޒަފުންގެ މަސްލަހަތު އޮންނަ ޓީމުތައް ބައިވެރި ނުކުރުމަށް ގޮވާލަން. މީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ.