ވިޔަފާރިތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ދިރާގުން ތައާރަފްކޮށްފި

ދިރާގުން އަލަށް ތައާރަފްކުރި އިންޓަނެޓް ޕެކޭޖާ ބެހޭ ގޮތުން ޑިރެކްޓަ މާކެޓިން އަހުމަދު މައުމޫން (ވ)ގައި މައުލޫމާތު ދެއްވަނީ. ފޮޓޯ: ދިރާގު
ދިރާގުން އަލަށް ތައާރަފްކުރި އިންޓަނެޓް ޕެކޭޖާ ބެހޭ ގޮތުން ޑިރެކްޓަ މާކެޓިން އަހުމަދު މައުމޫން (ވ)ގައި މައުލޫމާތު ދެއްވަނީ. ފޮޓޯ: ދިރާގު

 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދިރާގުން ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

ވިޔަފާރިތަކަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި އިންޓަނެޓް ޕެކޭޖްތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް ބަލައިގެން ތައާރަފްކުރި ޕެކޭޖްތަކެއް ކަމަށް ދިރާގުން ބުންޏެވެ. އެއީ ކުދި ފިހާރައަކަށް ވިޔަސް އަދި ބޮޑު ޓްރެވަލް އެޖެންސީން ފެށިގެން އަމިއްލަ ވިޔަފާރިތަކަށް ވެސް އެންމެ އެކަށީގެންވާ ސްޕީޑާއެކު ތައާރަފްކުރި ޕެކޭޖްތަކެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އަލަށް ތައާރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ސްޕީޑްގެ ޕެކޭޖެއް ނުހުންނާނެ ކަމަށެވެ. އަދި އެ ޕެކޭޖްތައް ދޫކުރާނީ ދިރާގުގެ ފައިބާ މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިޔަފާރިތަކަށް ހާއްސަ ކޮށް ދިރާގުން އަލަށް ތައާރަފުކުރި ޕެކޭޖްތައް
ވިޔަފާރިތަކަށް ހާއްސަ ކޮށް ދިރާގުން އަލަށް ތައާރަފުކުރި ޕެކޭޖްތައް

 

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.