މުބާރާތް ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު ކުޑަވެއްޖެ: ހިންނަވަރު ކޯޗު

ހިންނަވަރު ފުޓްބޯޅަ ޓީމު، ކޯޗު ބުނަނީ އޭދަފުށި ބަލިކުރަން އުނގަދޫވާނެ ކަމަށް.-- އީޓީ ފައިލް ފޮޓޯ
ހިންނަވަރު ފުޓްބޯޅަ ޓީމު، ކޯޗު ބުނަނީ އޭދަފުށި ބަލިކުރަން އުނގަދޫވާނެ ކަމަށް.– އީޓީ ފައިލް ފޮޓޯ

 

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި މިއަދު ހަވީރު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު ޒޯން މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ކުޑަވެއްޖެކަމަށް ހިންނަވަރުގެ ކޯޗު އަބްދުއްރަހްމާން މުހައްމަދު (ރެޓޭ) ބުނެފި އެވެ.

އަމިއްލަ ދަނޑުގައި މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަމުން ރެޓޭ ބުނީ މުބާރާތް ލިބުމުގެ އަމިއްލަ ބާރު ނެތުމުން މިހާރު ބޭނުންވަނީ އަމިއްލަ ރަށުގައި ކުޅޭ ދެ މެޗު ކާމިޔާބުކުރަން ކަމަށެވެ.

“މުބާރާތާމެދު އުއްމީދު ކުޑަވެއްޖެ. ދެން ބަލާނީ އަމިއްލަ ދަނޑުގައި ދެ މެޗު ގެނެވޭތޯ. އޭދަފުއްޓަށް ފުރިހަމަ އިހްތިރާމު ހިންނަވަރުން އަދާކުރާނެ. ބަލިކުރެވޭކެ ކަމުގެ އުއްމީދު ބޮޑު،”

މީގެ އިތުރުން ކޯޗު ބުނީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީ އޭދަފުށި ކަމަށާއި އެހެންކަމުން އަމިއްލަ ރަށުގައި ކުޅުނަސް އޭދަފުށި ބަލިކުރަން އުނދަގޫވާނެ ކަމަށެވެ. ރެޓޭ ބުނިގޮތުގައި އަމިއްލަ ރަށުގައި ފައިދާނެގޭނެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށާއި އެހެންކަމުން ހިންނަވަރު ޓީމަށް އޭގެ ފައިދާ މިއަދުގެ މެޗުގައި ނެގޭނެ އެވެ. މެޗުގައި ހިންނަވަރުން ނެރޭނީ އެންމެ ވަރުގަދަ ޓީމު ކަމަށާއި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ.

މެޗުގެ ކުރިން އޭދަފުށީ ޓީމުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް “ޢީޓީ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާގެ ސަބަބުން އޭދަފުށީ ޓީޟުގެ ބައެއް ކުޅުންތެރިންނަށް މިއަދުގެ މެޗުގައި ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި މުބާރާތް ފެށުމުގެ ކުރިން އަނިޔާވި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) ހިމެނެ އެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި މި ޒޯން އިން މިހާތަނަށް ހިންނަވަރުވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އޭދަފުއްޓާ ހިންނަވަރު ބައްދަލުކުރި ފުރަތަމަ މެޗު 6-1 އިން އޭދަފުށި ކާމިޔާބު ކޮށްފައިވާއިރު، ދުވާފަރާއި ހިންނަވަރު ބައްދަލުކުރި މެޗުން ހިންނަވަރު ބަލިވީ 4-0 އިންނެވެ.

 

[hr width=”450px”]
[poll id=”3″]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.