މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބޭއްވި މަގުމަތީ ބާޒާރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކޮމެޓިން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު މަގުމަތީ ބާޒާރު ހުޅުއްވައި ދެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު އެވެ.
ކެއިން ބުއިމަށް ބޭނުންވާ ބާވަތްތަކާއި ތެލި ތަށީ ފަދަ ސާމާނުން ފެށިގެން ތަފާތު ވައްތަރުގެ އަންނައުފަދަ ތަކެތި ވެސް ވިއްކަން ބަހައްޓާފައިވާ މި މަގުމަތީ ބާޒާރުގައި ބައެއް ފަރާތްތަކުން އާ އުފެއްދުންތައް ވެސް ތައާރަފުކޮށްފައިވެ އެވެ. އެގޮތުން ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އުފެއްދުންތައްވެސް މި ބާޒާރުގައި ބައިވެރިކޮށްފައިވެ އެވެ.
ހުކުރު ދުވަހު ފެށިގެން 4:30 ން ފެށިގެން އެރޭގެ 11:00 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މަގުމަތީ ބާޒާރުގައި 30 ޕަސެންޓާއި50 ޕަސެންޓުގެ ޑިސްކައުންޓެއް ބައެއް ތަކެތިން ދިފާއިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.
މި މަގުތީ ބާޒާރަށް ޒިއާރަތް ކުރި މީހުންގެ އަދަދުވެސް ގިނަކަން ފާހަގަ ކުރެވެ އެވެ. އެކަން ވިޔަފާރިވެރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.