- އޭދަފުށީގެ ޖަމިއްޔާއަކުން ހިންގި ގަސްއިނދުމުގެ ޕްރޮގްރާމެއްގެ ތެރެއިން.. ތިމާވެށީގެ މަޝްރޫއުތަކަށް ހިލޭ އެހީ ދޭ ޕްރޮގްރާމަށް ކުރިމަތިލުމަށް އަމިއްލަ ޖަމިްޔާތަކށް ވަނީ ހުޅުވާލައިފައި. — ފައިލް ފޮޓޯ
ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް) އަދިޔޫއެންއޯޕީއެސް ގުޅިގެން ހިންގާ ސްމޯލް ގްރާންޓްސް ޕްރޮގްރާމަށް ކުރިމަތިލުމަށްޝައުގުވެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ
އެގޮތުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުންއެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލައިފަ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ބޮޑު އަދަދެއްގެގޮތުން ދޭން ހަމަޖައްސާފައިވަނީ މަޝްރޫއަކަށް ގިނަވެގެން 30،000 ޑޮލަރުގެ އެހީއެއް ކަމަށް ޔޫއެންޑީޕީން ބުންޏެވެ. ނަމަވެސް ހުށަހަޅާ ޕްރޮޕޯޝަލްގެ މަޝްރޫއުގެ ބާވަތުންނާއި މަޝްރޫއުގެ ހަރަކާތްތަކަށް ބިނާކޮށް އެ އަދަދު 50،000 ޑޮލަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ޔޫއެންޑީޕީން ބުނެއެވެ.
ޔޫއެންޑީޕިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ދިރޭ ތަކެތީގެ ނަސްލުހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ފެނާއިކަނޑުތައް ހިމާޔަތް ކުރުން ފަދަ ތިމާވެށީގެ މައްސަލަތަކަށް ރަށު ފެންވަރުގައާއި ފަރުދީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެހީތެރިކަންފޯރުކޮށްދިނުމެވެ. އަދި ރަށުގެ ތަރައްގީގައި އެފަދަ ޖަމިއްޔާތަކުގެބައިވެރިވުން އިތުރު ކުރުންވެސް ހިމެނޭ ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާގްލޯބަލް އެންވަރަޔަމެންޓް ފެސިލިޓީ އާއި ޔޫއެންޑީޕީއާ ގުޅިގެން ހިންގާ“ސްމޯލް ގްރާންޓް ފެސިލިޓީ” ޕްރޮގްރާމަކީ 1992 ވަނަ އަހަރުން ފެށިގެން ތަރައްގީވަމުން އަންނަ ގައުމުތަކުގައި ރަށު ފެންވަރުގެ ޖަމާއަތްތަކާއި ޖަމިއްޔާތަކަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށްއެހީވެދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.