ބ. އެޓޯލް ޗެލެންޖުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮކޭ އަށް

ފެހެންދޫ ޓީމުގެ މުޙައްމަދު ރަޝީދު (ހޮކޭ)  އަށް މޮޅު ކުޅުންތެރިޔާގެ ރަންބޫޓް ހަވާލުކުރަނީ
ފެހެންދޫ ޓީމުގެ މުޙައްމަދު ރަޝީދު (ހޮކޭ) އަށް މޮޅު ކުޅުންތެރިޔާގެ ރަންބޫޓް ހަވާލުކުރަނީ

މިއަދު ނިމުނު ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ފެހެންދޫ ޓީމުގެ މުޙައްމަދު ރަޝީދު (ހޮކޭ) އަށް ލިބިއްޖެއެވެ.

ޤައުމީ ޓީމާއި ނިއު ރޭޑިއަންޓްގެވެސް މުހިއްމު ކުޅުންތެރިޔާ ވަނީ މި މުބާރާތުގައި ފެހެންދޫ ޓީމުގެ ފަހަތް އަދި މެދުތެރެ ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިއީ ހޮކޭ މި މުބާރާތުގައި ކުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު އޭނާ ކުޅުނީ ކެންދޫ ޓީމަށެވެ. މިފަހަރު ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑުން ހޮކޭ އަށް ފުރުޞަތު ނުލިބުނީ މުބާރާތަށް އޭނާ ސަސްޕެންޑް ކޮށްފައިވާތީއެވެ.

އާދަމް ނިޒާމް (ކިތުނާ)
އާދަމް ނިޒާމް (ކިތުނާ)

މި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) އެވެ. ކިތުނާ ވަނީ ޖުމްލަ 6 ގޯލް މި މުބާރާތުގައި ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ގޮއިދޫގެ ޢަބްދުﷲ ފަޔާޒް އެވެ. ފަޔާޒް އަކީ އެއްވަނަ ޑިވިޝަންގެ ޓީސީ ސްޕޯޓްސްގެ ކީޕަރެކެވެ. 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ފެހެންދޫ ޓީމުގެ އިބްރާހީމް ރީހާން އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފުޅަދޫ ޓީމެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ފެހެންދޫ ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ގޮއިދޫ ބަލިކޮށްގެންނެވެ. އޭދަފުށީ “ޔޫ ސްޕޯޓްސް” އިން އިންތިޒާމްކޮށްގެން ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދިޔަ މިއީ 4 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.