ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ދިރާގުން ސަބްމެރިން ދަތުރެއް ދީފި

ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ވޭލް ސަބްމެރިންގައި މިއަދު ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލަނީ: މިއީ ދިރާގުން އެ ކުދިންނަށް ދިން ދަތުރެއް.---ފޮޓޯ: ދިރާގު
ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ވޭލް ސަބްމެރިންގައި މިއަދު ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލަނީ: މިއީ ދިރާގުން އެ ކުދިންނަށް ދިން ދަތުރެއް.—ފޮޓޯ: ދިރާގު

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް، ކަނޑުއަޑީގެ ރީތި މަންޒަރުތައް ވޭލް ސަބްމެރިންގައި ބަލާލުމުގެ ފުރުސަތު ދިރާގުން މިއަދު ހޯދައި ދީފި އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ވިދާޅުވީ ސްކޫލް ބަންދަކީ ހުރިހާ ކުންދިންނަށް ވެސް ކިޔެވުމުގެ ދިގު އަހަރަކަށް ފަހު، ހިތްހަމަޖައްސާލާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތަކަށް ވާއިރު ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ވެސް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

ކަނޑުއަޑީގެ ރީތިކަން ދައްކާލައި ކުދިން މަޖާކޮށްލައި، ހިތްހަމަޖައްސާލުމުގެ ގޮތުން ދިރާގުން ހަދިޔާކުރި މި ދަތުރު އޮތީ މިއަދު ހެނދުނެވެ.

11061188_1035406036511426_6955034829662975395_o

އިމްޖާދު ވިދާޅުވި ގޮތުގައި މި ދަތުރުގައި ކުދިންނާ އެކީ ދިރާގާއި ކުޑަކުދިންގެ ހިޔާގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ.

“ކަނޑުއަޑިގެ ތަފާތު މަންޒަރުތަކާއި ތަފާތު އެކި މަސް ފަދަ ތަކެތި ފެނުމުން އެ ކުދިން ތިބީ ވަރަށް ހިތްހަމަޖެހި، އުފާވެފައި،” އޭނާ ވިދާޅުވި އެވެ.

ދިރާގުން ވަނީ މީގެ ކުރިން ވެސް އަހަރުތަކުގައި ސްކޫލް ބަންދާ ދިމާކޮށް، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހާއްސަ ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ދިރާގުން ވަނީ “މެޖިކް ޝޯ އޮފް ސަމޯއާ” އަށް އެ ކުދިން ގެންގޮސްފަ އެވެ.

12378031_1035405853178111_9101247031867070035_o

ދިރާގުން އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވައި އަދި އެފަދަ ކަންކަމުގައި ބައިވެރިވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.