އޭދަފުށި-ދުވާފަރުގެ ދެވަނަ މެޗު މާދަމާ، ކުޅޭނީ ހިންނަވަރުގައި

Eyd-dhuva

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ޒޯން 3 ގައި ހިމެނޭ އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު މާދަމާއަށް ޝެޑިއުލްކޮށް މެޗު ހިންނަވަރުގައި ކުޅޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން މި މެޗަކީ ކުރިން ދުވާފަރުގައި ކުޅެން ޝެޑިއުލް ކޮށްފައިއޮތް މެޗެކެވެ.

މީގެ ކުރިން ދެފަހަރަށް ފަސްކުރަން ޖެހުނު މި މެޗު ހިންނަވަރުގައި ކުޅޭގޮތަށް ހަމަޖެއްސީ މި ދެޓީމު އޭދަފުށީގައި ބައްދަލުކުރި ފުރަތަމަ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ.

IMG_7855

ހަމަނުޖެހުންތަކާއި ގުޅިގެން އެފް.އޭ.އެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން އެ މައްސަލަ ބެލުމަށްފަހު ދުވާފަރު ޓީމުގެ ދެކުޅުންތެރިއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ އެޓީމުގެ ޖޯޒީ ނަންބަރު 10 ޙަސަން ސުޖާޢު އާއި ޖޯޒީ ނަންބަރު 20 މުރުތާޒު މުޙައްމަދެވެ. ސުޖާޢު 7 މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މުރުތާޒު ސަސްޕެންޑް ކުރީ 6 މެޗަށެވެ. މި ދެކުޅުންތެރިންވެސް ސަސްޕެންޑް ކުރީ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލާދިނުމުންނެވެ.

މާދަމާގެ މެޗަށް ނިކުންނައިރު 7 ޕޮއިންޓާއި އެކު ތާވަލުގެ ކުރީގައި އޮތީ އޭދަފުއްޓެވެ. 3 ޕޮއިންޓާއިއެކު ދުވާފަރަށް ދެވަނަ ލިބޭއިރު ހިންނަވަރަށް ތިންވަނަ ލިބެނީ 1 ޕޮއިންޓާ އެކުއެވެ. ދުވާފަރަށް ބާކީ ދެމެޗު އޮތް އިރު މާދަމާގެ މެޗު އެއްވަރުކޮށްލިޔަސް ޒޯން ޗެމްޕިއަންކަން އޭދަފުއްޓަށް ލިބޭނެއެވެ. ދެކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ޢަބްދުލް މަޖީދު އިބްރާހީމް ނޫން ހުރިހާ ކުޅުންތެރިންވެސް މާދަމާގެ މެޗަށް ފިޓުކަމަށް އޭދަފުށީ ޓީމުން ބުނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 15:50 ގައި ހިންނަވަރު ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.