އޭދަފުށި-ދުވާފަރު މެޗު އަނެއްކާވެސް ފަސްކޮށްފި

އޭދަފުއްޓާ ދުވާފަރު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
އޭދަފުއްޓާ ދުވާފަރު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

 

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ޒޯން 3 ގައި ހިމެނޭ އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު މާދަމާއަށް ޝެޑިއުލްކޮށް މެޗު ހިންނަވަރުގައި ކުޅޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އޮއްވައި މިރޭ އަނެއްކާވެސް އެ މެޗު ފަސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެފްއޭއެމް އިން ވަކި ގޮތެއް އަންގަންދެން މެޗު އަނެއްކާވެސް ފަސްކުރީ ދުވާފަރު ޓީމުން އެޕީލް ކޮމެޓީއަށް މައްސަލަ ހުށަހެޅުމުންނެވެ.

އެޕީލް ކޮމެޓީން މައްސަލަ ނިންމިހާ އަވަހަކަށް މެޗު އަނެއްކާވެސް ޝެޑިއުލް ކުރާނެ އެވެ.

މީގެ ކުރިން ދެފަހަރަށް ފަސްކުރަން ޖެހުނު މި މެޗު ހިންނަވަރުގައި ކުޅޭގޮތަށް ހަމަޖެއްސީ މި ދެޓީމު އޭދަފުށީގައި ބައްދަލުކުރި ފުރަތަމަ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ.

ދުވާފަރު ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން ފުލުހުން ކޮންޓްރޯލް ކުރަނީ
ދުވާފަރު ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން ފުލުހުން ކޮންޓްރޯލް ކުރަނީ

ހަމަނުޖެހުންތަކާއި ގުޅިގެން އެފް.އޭ.އެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން އެ މައްސަލަ ބެލުމަށްފަހު ދުވާފަރު ޓީމުގެ ދެކުޅުންތެރިއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ އެޓީމުގެ ޖޯޒީ ނަންބަރު 10 ޙަސަން ސުޖާޢު އާއި ޖޯޒީ ނަންބަރު 20 މުރުތާޒު މުޙައްމަދެވެ. ސުޖާޢު 7 މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މުރުތާޒު ސަސްޕެންޑް ކުރީ 6 މެޗަށެވެ. މި ދެކުޅުންތެރިންވެސް ސަސްޕެންޑް ކުރީ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލާދިނުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.