ނެޝަނަލް ފުޓްސެލް ޗެލެންޖުގެ ފައިނަލަށް ހިތާދޫ

ނެޝަނަލް ފުޓްސެލް ޗެލެންޖުގައި ފައިނަލަށް ދަތުރުކުރި ހިތާދޫ ޓީމު-- ފޮޓޯ / ހިތާދޫ ޓީމު
ނެޝަނަލް ފުޓްސެލް ޗެލެންޖުގައި ފައިނަލަށް ދަތުރުކުރި ހިތާދޫ ޓީމު– ފޮޓޯ / ހިތާދޫ ޓީމު

ނެޝަނަލް ހާޑުވެއާއިން އިންތިޒާމް ކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ ފުޓުސަލް މުބާރާތުގެ ފައިނަލަށް ބ. ހިތާދޫ ޓީމު ދަތުރުކޮށްފި އެވެ.

ހިތާދޫ ޓީމު ފައިނަލުން ޖާގަ ހޯދީ މި މުބާރާތުގެ ސެމީ ފައިނަލުގައި 3-0 އިން ލ. ގަން ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު އެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅޭ ފައިނަލުގައި ހިތާދޫ ޓީމު ވާދަކުރަންޖެހޭނީ ކ. ގާފަރު ޓީމާ އެވެ. ގާފަރު ޓީމު ފައިނަލަށް ދަތުރުކުރީ  ސެމީ ފައިނަލް މެޗުގައި މ. ކޮޅުފުށި އަތުން 6-2 އިން މޮޅުވެގެންނެވެ.

“ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައި. ބ. އަތޮޅުގެ ޚާއްސަކޮށް ހިތާދޫގެ ވީހާވެސް ގިނަ ބަޔަކު މި މެޗުގައި ހިތާދޫ ޓީމަށް ސަޕޯޓްކުރުމަށް ދަނޑަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ މި ޓީމުގެ ވަރަށް ބޮޑު އެދުމެއް. އުއްމީދަކީ މުބާރާތް ކާމިޔާބުކޮށް ރަށާއި އަތޮޅަށް ރީތި ނަމެއް ހޯދައިދިނުން،” ހިތާދޫ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

މި މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީ ހަމަ އެކަނި ހިތާދޫންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.