ރިވެޓްމަންޓް މައްސަލައިގައި އޭދަފުށީ ރައްޔިތުން ރަތަށް!

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ފެންވަރު ރަނގަޅުނުކޮށް ކުރިއަށް ގެންދާނީ އެންމެފަހުން ރައްޔިތުން ރުޅިގަދަވެއްޖެ އެވެ.

އޭދަފުށީ ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާ އެވެ. އެ ކުންފުނިން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300 އެއްހާ މީޓަރުގައި ބޮޑުހިލަ ޖަހަންޖެހެ އެވެ. މިހާރުވަނީ މީގެ ތެރެއިން ބޮޑު ބައެއްގައި ހިލަޖަހައި ނިންމާލައިފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ފެންވަރު ދަށްކަމުން އެކަމަށް ބަދަލުތަކެއް ނުގެނަސް އެކަން އެގޮތަށް ކުރަމުންދާނަމަ މާގިނަ ދުވަސްތަކެއް ނުވަނީސް ހިއްކި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށްބުނެ، ރައްޔިތުން ރަށު ކައުންސިލުގައި ޝަކުވާ ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް މިކަމަށް އެއްވެސް ހައްލެއް ނައިސް މަސައްކަތްދަނީ ކުރިއަށެވެ.

ރައްޔިތުންނަށް ކެތް ނުކުރެވިގެން އެންމެފަހުން ރައްޔިތުންގެ ތެރެއިން ބަޔަކުވަނީ ރޭ ރަށު ކައުންސިލާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަނެއްކާވެސް ހާމަކޮށްފަ އެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް

“ދެނުކު ފަރާތުގައި މިހާރު ރިވެޓްމަންޓް އެޖަހަނީ މަހާނައެއްހެން ހަދާފަ ސަތަރިގަނޑެއް އަޅާފަ ދެ ގަނޑު ހިލަ ބާއްވައިގެން. އެހެންވެ ކައުންސިލަށް މިކަން ހައްލުނުވެގެން ރައްޔިތުން މިހާރު ބޭނުންވަނީ ރައްޔިތުން ނުކުމެ މިކަން ހައްލުކުރަން، އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މިކަން ކުރަނީ. ރައްޔިތުންގެ އިހުސާސްތައް އަޑުނާހައި މިހާރު ހިލަ ޖަހަމުންގޮސް އެ ނިންމާލަނީ، ކައުންސިލަށް މިކަން ހައްލުނުވީ ކަމަށް ބަލައި ދެން ސަރުކާރުގެ ސަމާލުކަމަށް މިކަން ގެންނާނީ ރައްޔިތުން،” ރޭގެ ބައްދަލުވުމުގައި ބައިވެރި އޭދަފުށީ ރައްޔިތަކު ބުންޏެވެ.

“މިހާރު އަޅުގަނޑުމެން އަމިއްލައަށް މެންބަރަށްވެސް ގުޅައިގެން މިކަން ހައްލެއް ހޯދަދޭން އެދެފިން. ދެން ރައްޔިތުން ނުކުމެ މިކަން ހައްލުނުވެއްޖެނަމަ އަޅުގަޑުމެން ޖެހޭނީ ސައިޓަށް ގޮސް މަސައްކަތް ހުއްޓުވާލަން،” ހިތްހަމަ ނުޖެހި ހުރި އޭނާ ބުންޏެވެ.

“މިދިޔަ ހަފްތާގައި ނުވަ ވަރަކަށް މީހުންނާއެކު ގޮސް މި މައްސަލާގައި އަތޮޅު ކައުންސިލާވެސް އަޅުގަނޑުމެން ބައްދަލުކުރިން. ވިދާޅުވި ކޮންޓްރެކްޓަރު ބުންޏޭ މިކަމަށް ރަށު ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ނުލިބެޔޭ. އެބޭފުޅުން ނޫޅުއްވަޔޭ މިކަމާ ކަންބޮޑުވެގެނެއް، ކައުންސިލުން އުޅެފިއްޔާ މިކަން ހައްލުކުރެވޭނެޔޭ” ރޭގެ ބައްދަލުވުމުގައި ބައިވެރިވި އެހެން މީހަކު ބުންޏެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް

 ރަށު ކައުންސިލުން ބުނީ މިކަމާ ގުޅިގެން ވަރަށް ބައިވަރު ލިޔެކިޔުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށާއި، މީގެ ދުވަސްކޮޅެއް ކުރިން އިންޖިނޭރުންގެ ޓީމަކުން އައިސް އެ މަސައްކަތް ކުރަމުންދާގޮތް ބަލާފައިވާ ކަމަށެވެ.

“ރައްޔިތުންގެ ޝަކުވާއާ ގުޅިގެން މެންބަރު ސަލީމުވަނީ މިކަން ރައީސް ޔާމީނާވެސް ހިއްސާ ކޮށްފައި. ސަލީމް ވިދާޅުވީ ހޯގާޑު ޓީމުން މިރަށުން ފައިބައިގެންދާނީ އެކަން ހައްލުކުރުމަށްފަހު ކަމަށް”

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ ރިވެޓްމެންޓް ޖެހުމުގައި މައްސަލަތައް ހުރިކަމަށް އިންޖިނޭރުންގެ ޓީމުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮޑު ހިލަ ދެ ފަށަލައަށް ޖަހަންޖެހޭ ތަންތަނުގަގައި ހިލަ ނުޖަހާކަމާއި އިތުރު ފަށަލައެއް ޖަހައިގެން އެކަންކަން ރަނގަޅުކުރުމަށް ކޮންޓްރެކްޓަރަށް އަންގާފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ރޭގެ ބައްދަލުވުމުގައި ބައެއް ރައްޔިތުންވަނީ ހައުސިން މިނިސްޓްރީއަށާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކައިފަ އެވެ.

“އަޅުގަޑުމެންގެ މެންބަރެއް ނާންނާނެ އޭދަފުށީގައި ދިރިއުޅޭކަށް. އަޅުގަޑުމެން ދިރިއުޅޭނީ އަޅުގަނޑުމެންގެ ރަށުގައި. އަޅުގަނޑުމެން ބަލާނަން އަޅުގަޑުމެންގެ ބިން ރަނގަޅުގޮތުގައި ހިމާޔަތް ކުރެވޭތޯ؟ އެހެންވީމަ ރައްޔިތުން އެބަޖެހޭ ކެރިގެން މިކަމަން ނުކުންނަން،”

އެމް ހޯގާޑުން ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށި ތަނާހެންވެސް މަސައްކަތުގެ ފެންވަރު ދަށްކަމުން ރަށްޔިތުން ކަންބޮޑުވުން ފާޅުކުރުމުން ހައުސިން މިނިސްޓްރީން ހޯގާޑަށް އޭރުވަނީ މަސައްކަތް އަލުން ކުރުމަށް އަންގާފަ އެވެ. ނަމަވެސް އެ މަސައްކަތްވެސް މިހާތަނަށް އަދިވެސް ރަނގަޅުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ގާހަކަ

    ހޯގާރޑް މީހުން މިރަށުގައި ހިލަޖަހާކަން މިރަށުގެ އެންމެހާ ރައްޔިތުންނަށްވެސް އެނގޭ އަދި އެކަން އެމީހުން ފުރަތަމަ ފެށިއިރުވެސް އެކަން ކުރަނީ ރަގަނޅަށް ނޫންކަންވެސް ރޭގެ ބައްދަލުވުމަށް ދިޔަ އެންމެހާ ރައްޔިތުންނަށްވެސް އެނގޭ މީގެ ހަޤީޤި މަސްއަލައަކީ ވަކި މީހަކުގެ ދޯންޏެއް ބަންނަމުންދާ އޮޑިހަރުގެއާދިމާލުގައި ހިލަޖަހަމުންދާ މަސްއަލަ މުޅި ރައްޔިތުންގެ މަސްލަޙަތަށްވުރެ އެއްކަލަބުނާ މުއްސަދި މީހާގެ މަސްލަހަތު އިސްކުރެވެނީ މީކީ އެޒަމާނެއްނޫން. އަދި މިކަމުގައި ކައުންސިލްގެ ޒިންމާއެއްވެސް އެބައޮތް އެއީ ދޯނިބަންނަ ފަރާތުން އޮޑިހަރުގެ އެޅުމަށް ހުއްދައަށް އެދުމުން ކައުންސިލުން ހުއްދަދިނީ އެފަރާތުން ބޭނުންވާތަނަކު ހަރުގެ އެޅުމަށް އެކަމަކު މިނިސްޓްރީގެ ޕްލޭނުގައިވާގޮތުން އޮޑިދޯނިފަހަރު ބާލާ އެހެލުމަށް ރަށުގެ ހުޅަނގު ކޮޅުން ވަނީ ވަކި ސަރަޙައްދެއް ކަނޑައަޅާފަ މިއީ އޭރު ކައުންސިލްގެ ރައީސަކަށް ހުންނެވި ޢަލީ ވަޙީދުކުރެއްވި ވަރަށް ޣައިރު ޒިންމާދާރު ޢަމަލެއް.

    ރައްދު
  2. steven emaan

    ކައުންސިލަރުންނަކަށް ނޭންގޭނެދޯ ހިލަޖަހަނީ ގޯސްކޮށްކަމެއް ރަގަޅަށްކަމެއް. އެކަން އިނގޭނީ އެކަމުގެ ފަންނީ މީހުންނަނަށް. ކައުންސިލުންވެސް މިކަމުގައި އުޅެންޖެހޭވަރަށް ނޫޅެވޭއަސްލު.

    ރައްދު
  3. eeleen

    ތި އުޅެނީ ކޮންމެހެން ހިލަ ޖެހުން ގޯސް ވެގެން ނެއް ނޫން. ތި އުޅެނީ ކުޑައަލިމޮހޮނދު ދޯނި ބާލަން ވާއިރަށް އެތާހިލަޖަހާ ބައްދާފާނެތީ އެކަމާ.

    ރައްދު
  4. އިތުރު

    މައްސަލައަކީ ސަރުކާރުން ދެބަޔަކަށް ހިލަޖަހަން ހަވާލު ކުރުން. އަދި ދެބައި މީހުންނަށް ހިލަޖަހަން ދީފަ އޮތްގޮތް ތަފާތުވުން. އެއްބަޔަކަށް ބޯކޮށް އަނެއްބަޔަކަށް ތުނިކޮށްޖަހަން. އަނެއްމައްސަލައަކީ ކޮންސަލްޓަންޓްއެއްނެތުން، މިކަހަލަ ބޮޑެތި މަސައްކަތް އަތޮޅު ތެރޭގައި ކުރާއިރު މަސައްކަތް ކުރާގޮތް ބަލަން ކޮންސަލްޓަންޓްއެއް ހުންނަޖެހޭ، އެހެންނުނީ އެމަސައްކަތް ކުރާބަޔަކު ކުރާނީ ކުރާނެގޮތަކަށް. މިނިސްޓްރީންވެސް މިކަމަށް އެއްވެސް ވަރަކަށް އަޅައެއްނުލާ، ކައުންސިލަރުންނަކަށް ނޭންގޭނެދޯ ހިލަޖަހަނީ ގޯސްކޮށްކަމެއް ރަގަޅަށްކަމެއް. އެކަން އިނގޭނީ އެކަމުގެ ފަންނީ މީހުންނަނަށް. ކައުންސިލުންވެސް މިކަމުގައި އުޅެންޖެހޭވަރަށް ނޫޅެވޭއަސްލު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.