މީރާގެ ކަލެކްޝަން ސެންޓަރެއް އޭދަފުށީގައި ހުޅުވައިފި

މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު
މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާގެ ކަލެކްޝަން ސެންޓަރެއް ބ. އޭދަފުށީގައި ހުޅުވައިފި އެވެ.

މީރާ އިން ބުނި ގޮތުގައި  އޭދަފުށީގައި މިއަދު ހުޅުވި ކަލެކްޝަން ސެންޓަރުގައި ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަނެ ފައިސާ ބަލައިގަތުން ފަދަ ހިދުމަތްތައް ދެމުން ގެންދާނެ އެވެ.

އަދި މާލޭގައި ހުންނަ ހެޑް އޮފީހުން ލިބޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް ވެސް އެ ސެންޓަރުން ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

މީގެ އިތުރުން އާއްމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީން ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގާނެކަމަށްވެސް މީރާއިން ބުނެއެވެ.

މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު
މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު

މީރާގެ އޭދަފުށީ ކަލެކްޝަން ސެންޓަރު ހުންނަނީ އަތޮޅު ގޭގެ ބާ އިމާރާތުގެ ދެވަނަ ފަންގިފިލާގަ އެވެ.

މީރާއިން އަންނަނީ 2016 އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައިވެސް މީރާގެ ކަލެކްޝަން ސެންޓަރުތައް ހުޅުވަން ތައްޔާރުވަމުންނެވެ. މީރާގެ އޮފީސްތައް އަތޮޅު ތެރޭގައި މިހާތަނަށް ހުޅުވާފައިވަނީ ހދ. ކުޅުދުއްފުށީގަ އާއި އައްޑު އަތޮޅުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.