ކަމަދޫ ދޯންޏެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ކަމަދޫގެ ދޯނީގައި ރޯވި އަލިފާންގަނޑު.--ފޮޓޯ:ކަމަދޫ ކައުންސިލް
ކަމަދޫގެ ދޯނީގައި ރޯވި އަލިފާންގަނޑު.–ފޮޓޯ:ކަމަދޫ ކައުންސިލް

ބ. ކަމަދޫގެ ހަރުގެ ސަރަހައްދުގައި އޮތް ދޯންޏެއްގައި މިއަދު ރޯވެ އަނދައި ހުލިވެއްޖެ އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއިލް ވިދާޅުވި ގޮތުގައި މިއަދު މެންދުރުފަހު 1:45 ހާއިރު އަލިފާން ރޯވެފައި ވަނީ ބޭނުން ނުކުރާތާ ގާތްގަނޑަކަށް އަށް ވަރަކަށް އަހަރު ވެފައިވާ 90 ފޫޓްގެ ދޯންޏެއްގަ އެވެ.

“ވަރަށް ނުރައްކާތެރި ހާދިސާއެއް މިއީ. ސަރަހައްދަކީ ވަރަށް ގިނަ ދޯނި އެހެލާފައި ހުންނަ ސަރަހައްދެއް. އެހެންވީމަ އަލިފާންގަނޑު ފެތުރި އިތުރަށް ނުރައްކާވީސް،” އިސްމާއިލް ވިދާޅުވި އެވެ.

ނަމަވެސް އެ ރަށުގެ އާންމު ރައްޔިތުންނާއި ފޯ ސީޒަންސްގެ ފަޔަމަނުން ކުރި މަސައްކަތުން ކައިރީގައި ހުރި ދޯނިތަކަށް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކަމަދޫގެ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފޯސީޒަން ރިސޯޓުގެ މީހުން ކުރަނީ.--ފޮޓޯ:ކަމަދޫ ކައުންސިލް
ކަމަދޫގެ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފޯސީޒަން ރިސޯޓުގެ މީހުން ކުރަނީ.–ފޮޓޯ:ކަމަދޫ ކައުންސިލް

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ގަސްތައް އެކީގައި ވަނީ އަނދައިގެން ގޮސްފައެވެ.

ހާދިސާ ހިނގާފައި ވަނީ އާންމުން ދިރިއުޅޭ ހިސާބާ 100 ވަރަކަށް ފޫޓު ދުރުގައި ކަމަށް ކައުންސިލުން ބުނެ އެވެ.

ބ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ “ނިޔާމަ” ބޯޓުގައި ހުކުރު ވިލޭރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް އަނދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.