އާ ނާލު ބޯޓެއްގެ ދަތުރުތައް މާދަމާ ފަށަނީ

"އަގޯޓާ އެކްސްޕްރެސް". ބ. އަތޮޅާ މާލެއާ ދެމެދު ނާލު ދަތުރުތައް ކުރުމަށް ތައްޔާރުވެފައި—ފޮޓޯ / ފާރިހް
“އަގޯޓާ އެކްސްޕްރެސް”. ބ. އަތޮޅާ މާލެއާ ދެމެދު ނާލު ދަތުރުތައް ކުރުމަށް ތައްޔާރުވެފައި—ފޮޓޯ / ފާރިހް

ބ. އަތޮޅާއި މާލެއާ ދެމެދު ނާލު ދަތުރު ކުރުމަށް މުޅިން އާ ނާލުބޯޓެއްގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދަތުރުތައް ފަށަނީ ތުޅާދޫ “އަގޯޓާ އެކްސްޕްރެސް” އިންނެވެ. އަލަށް ބަނދެފައިވާ ގާތްގަނޑަކަށް 87 ފޫޓުގެ މި ބޯޓު އާންމުކޮށް ދަތުރުކުރާނީ އޭދަފުށި، ހިތާދޫ، ތުޅާދޫ އަދި މާލެއާ ދެމެދުގަ އެވެ.

އަގޯޓާ އެކްސްޕްރެސް އޮޕަރޭޝަންސް މެނޭޖަރު ފާރިހު އަބްދުއްރަހްމާން މިއަދު “އީޓީ” އަށް ވިދާޅުވީ މިއަތޮޅުގައި ނާލު ދަތުރުކުތާ އެހެން ބޯޓު ތަކާ ހިލާފަށް އެބޯޓުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ކެއުމާ، ނިދުމުގެ އިންތިޒާމުތައް ފުރިހަމަވާނެ ކަމަށެވެ.

“އަޅުގަނޑުމެން މިބޯޓުގައި އެމީހަކު ނިދާނެތާކު، އޮންނާނެތާކު އެހެނެއް ނޫޅެވޭނެ. ކޮންމެ މީހަކަށްވެސް ޓިކެޓް ވިއްކާއިރު ޓިކެޓްގައި ޝީޓް ނަންބަރު ފާހަގަކުރެވި އިންތިޒާމުތައް ފުރިހަމަވާނެ. ދެން ޕްރައިވެޓް ރޫމްވެސް ހުންނާނެ، ބޯޓުގައި އަބަދުވެސް ކޭޝިއަރަކުވެސް ހަރަކާތްތެރިވާނެ،”

ފާރިހު ފާރިހު ވިދާޅުވީ މާލެއާ ދެމެދު ކުރާ ދަތުރުތަކުގައި ބޮޑެތި މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 200ރ. ކަމަށާއި، އަދި ކުޑަކުދިންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 100ރ. ކަމަށެވެ.

"އަގޯޓާ އެކްސްޕްރެސް". ބ. އަތޮޅާ މާލެއާ ދެމެދު ނާލު ދަތުރުތައް ކުރުމަށް ތައްޔާރުވެފައި—ފޮޓޯ / ފާރިހް
“އަގޯޓާ އެކްސްޕްރެސް”. ބ. އަތޮޅާ މާލެއާ ދެމެދު ނާލު ދަތުރުތައް ކުރުމަށް ތައްޔާރުވެފައި—ފޮޓޯ / ފާރިހް

އަގޯޓާ އެކްސްޕްރެސް އިން މާދަމާ ދަތުރުތައް ފަށަން ނިންމާވައިވާއިރު ބ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ “ނިޔާމަ” ބޯޓުގައި ހުކުރު ވިލޭރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް އަނދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. muraasilu

    ތުޅާދޫ ބަޔަކު އޭދަފުށީ ބޯޓުގައި ރޯކޮށްލީކަމާމެދަކު މިހާރު އެއްވެސް ޝައްކެއް ނެތް. އެކަން އެކުރީ ތުޅާދޫ ބޯޓަށް އަރުވާނެ މުދާ ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.