އަފްޣާނިސްތާނާ ދެކޮޅަށް ނިކުންނަން ޓީމު އޮތީ ތައްޔާރަށް: ސެންޓޭ

ބަންގާޅާ އެކު ރާއްޖެ މިއަދު ބައްދަލު ކުރި މެޗްގެ ތެރެއިން:
ބަންގާޅާ އެކު ރާއްޖެ މިއަދު ބައްދަލު ކުރި މެޗްގެ ތެރެއިން:

ސާފް ސުޒުކީ ކަޕްގައި ގްރޫޕް ސްޓޭޖް ފަހު މެޗުގައި ހޮނިހިރު ދުވަހު ނިކުންނަން ރާއްޖޭގެ ޓީމު އޮތީ ތައްޔާރަށް ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

އަފްޣާނިސްތާނާ ދެކޮޅަށް ނިކުތުމުގެ ކުރިން ރާއްޖޭ ޓީމުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެންޓޭ ބުނީ މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަށް ޓީމު އޮތީ ތައްޔާރަށް ކަމަށާއި، އެގޮތުން ރާއްޖެއިން ނިކުންނާނީ އަފްޣާނިސްތާން ބަލިކުރުމަށް ކަމަށެވެ.

ސެންޓޭ ބުނީ ސެމީފައިނަލަށް ދާން ރާއްޖޭގެ ޓީމުން ބޭނުންވަނީ ގްރޫޕްގެ އެއްވަނަ ހޯދަން ކަމަށާއި، އެގޮތުން ކޮންމެހެން ހަދާފައިވެސް މެޗުން މޮޅުވާން ޖެހޭ ކަމަށެވެ.

“އަފްޣާނިސްތާނާ ދެކޮޅަށް ކުޅެން ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ. ނިކުންނާނީ ގްރޫޕްގެ އެއްވަނަ ހޯދަން މޮޅުވުމުގެ އަޒުމުގަ” ސެންޓޭ ބުންޏެވެ.

މިހާރު ގައުމީ ޓީމުގައި ކުޅޭ މަގާމާ ގުޅޭގޮތުން ސެންޓޭ ބުނީ މިހާރު އޭނާ ކުޅެމުންދާ މަގާމާމެދު ހިތްހަމަޖެހޭ ކަމަށާއި، އެހެން މަގާމަކަށް ކުޅެން ވަގުތު ލިބުނު ކަމަށެވެ. ކްލަބްގައި ސެންޓޭ ކުޅޭ މަގާމާ ގައުމީ ޓީމުގައި އޭނާ ކުޅޭ މަގާމާ ތަފާތެވެ.

“މިހާރު ކުޅެމުން އަންނަ މަގާމާ މެދު ހިތްހަމަ ޖެހޭ. މެލޭޝިއާގައި ކުރިޔަށްދިޔަ ތަމްރީން ކޭމްޕުގައި ވަގުތު ލިބުނު އެހެން މަގާމަށް ކުޅެން. ކޯޗު ބޭނުންވާތީ މި މަގާމަށް ކުޅެނީ” ސެންޓޭ ބުންޏެވެ.

އަފްޣާނިސްތާނާއި އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 18:00 ގަ އެވެ. / ރާއްޖެ.އެމްވީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.