ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

އާ މުގައްރަރުގެ ދަށުން މިދިޔަ އަހަރު ތައްޔާރުކުރި ބައެއް ފޮތް:
އާ މުގައްރަރުގެ ދަށުން މިދިޔަ އަހަރު ތައްޔާރުކުރި ބައެއް ފޮތް:

ދިރާސީ އާ އަހަރަށް ކިޔަވާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ދޫކުރަށް ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަދުން ފެށިގެން ޖެނުއަރީ 8 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 8:30 އިން 1:30 އަށް ކީ ސްޓޭޖް 2 (ގްރޭޑް 4، 5 އަދި 6) ގެ ދަރިވަރުންގެ ފޮތް ތައްނޫން އެހެން ގްރޭޑް ތަކުގެ ފޮތްތައް ދޫކުރަމުން ގެންދާނެ ކަމަށެވެ.

ކީ ސްޓޭޖް ދޭއްގެ ފޮތްތައް ދޫކުރާނެ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ކީ ސްޓޭޖް ދޭއްގެ ފޮތްތައް އަދި ޗާޕްކޮށް ނުނިމެ އެވެ.

ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސަރުކާރުން ހިލޭ ދިން ނަމަވެސް ބައެއް ޓެކްޓްސް ފޮތްތަކަކީ ދަރިވަރުން ކުރީ އަހަރު ބޭނުން ކޮށްފައިވާ ފޮތްތަކެވެ. އެގޮތުން ގްރޭޑް 6-10ގެ ދަރިވަރުންގެ ފޮތްތަކުގެ 40 ޕަސެންޓްއަކީ ބޭނުންކޮށްފައިވާ ފޮތްތަކެވެ. އެކަމަކު ގްރޭޑް 1-5 އެއްގެ ހުރިހާ ފޮތްތަކަކީ ވެސް އަލަށް ޗާޕް ކުރާ ފޮތްތަކެވެ.

އާ މަންހަޖުގެ ދަށުން މިދިޔަ އަހަރުން ފެށިގެން، ގްރޭޑް 1-3ގެ ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަންނަ ޖެނުއަރީ މަހު 13 ގައި ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީސް ވައުޗާސް ތައް މިހާރު ދޫކޮށްނިމިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.