ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ: ކައުންސިލު

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރާ ގޮތާމެދު ރައްޔިތުން ކުރާ ޝަކުވާތަކާ ގުޅިގެން އޭދަފުށީ ކައުންސިލުން ކުރާ މަސައްކަތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބޭކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ އޯގަސްޓް މަހު ފުރަތަމަ މިކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީގެ އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ހިނގާގޮތް ބެއްލެވުމަށްފަހު ހިލަޖެހުމުގައި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.

“މި ކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބެޔޭ ދެންނެވިއްޔާ ރަނގަޅުވާނީ. އެއްބާރުލުން ދޭ ނަމައީ އަޅުގަނޑުމެން މިކުރާ އާދޭސް ގަބޫލު ކުރާނެ،”

ނައުރީފް ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން އިއްޔެވެސް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. މަސައްކަތުގެ ފެންވަރު ވަރަށް ދަށް

“އިންޖިނޭރުންގެ ޓީމުން ހޯގާޑްގެ އިސްވެރިޔާއާއެކު ހިލަޖަހާސަރަހައްދަށް ގޮސް ބަލާފަ އެތާ ހުރި މައްސަލަތައް ފާހަގަކޮށް މައްސަލަތައް ރަނގަޅު ކުރާށޭ ކިޔާ އިންސްޓަރަކްޝަންދީފަ އެ ބޭފުޅުން ފުރައިގެންދިޔައީ. އެކަމަކު އަދިވެސް އެއިން ކަމެއް ރަނގަޅުކޮށްފައެއް ނެތް،” ނައުރިފް ވިދާޅުވިއެވެ.

“ހޯގާޑް މީހުން މިނިސްޓްރީން އަންގާ ގޮތަށްވެސް ކިޔަމަން ނުވަނީ،” ނައުރިފް ވިދާޅުވި އެވެ.

 

އެގޮތައް އަންގާފައިވުމުންވެސް އެކަން ރަނގަޅުނުކޮށް ކުރިއަށްގެންދާތީ ރައްޔިތުން ޝަކުވާ ކުރާކަން ފާހަގަކޮށް ނައުރިފް ވިދާޅުވީ އަދިވެސް ބޮޑު ހިލަ ޖަހަމުންދަނީ އަންގާފައިވާ ގޮތާއި ހިލާފަށް ކަމަށެވެ.
“އެމީހުންނަށް ދީފައި އިންނަނީ 0.6 މީޓަރަށް އަޑިން ކޮނެގެން ހިލަ ޖަހަން. ފުރަތަމަކޮޅު އެހެން ހެދި ނަމަވެސް ފަހުން އައިސް ނުކޮނެއޭ ބުނެވޭނީ،” ނައުރިފް ވިދާޅުވިއެވެ.

ނައުރިފް ވިދާޅުވީ މިހާރުވެސް ހިލަޖަހާފައިވާ ސަރަހައްދުން ހިލަތައް ނެއްޓެން ފަށާފައިވާ ކަމަށެވެ.

“ހިލަ ޖަހާފަ އޮތްތަނުން ގާތްގަނޑަކަށް 150 މީޓަރުގެ ތެރެއިން ހަތަރު ތަނަކުން އެބައޮތް ހިލަ ފައިބާފަ. އެތަން އަދި ގަދަވާންވީ ވަރަކަށް ގަދަވެސް ނުވޭ. ގަދަވާންވީ ވަރަށް ގަދަ ވެއްޖެއްޔާމުން އެތަނުގަ އެންމެ ހިލަގަނޑެއްވެސް ނޯންނާނެ،” ނައުރިފް ވިދާޅުވިއެވެ.

އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 22.8 މިލިޔަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300މީޓަރުގައި ބޮޑުހިލަ ޖަހަންޖެހެ އެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.