ރިވެޓްމަންޓް މައްސަލާގައި ރައްޔިތުން މުޒާހަރާއަށް ނުކުންނަނީ!

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ފެންވަރު ރަނގަޅުނުކޮށް ކުރިއަށް ގެންދާނީ އެންމެފަހުން ރައްޔިތުން މުޒާހަރާއަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

މިކަމާގުޅިގެން ރައްޔިތުން ކުރާ ޝަކުވާތަކަށް އޭދަފުށީ ކައުންސިލުން ކުރާ މަސައްކަތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބޭކަމަށް ރަށު ކައުންސިލުންވެސް ވަނީ ބުނެފި އެވެ.

“އަޅުގަނޑުމެން ރައްޔިތުންނަށް މުޒާހަރާއަށް ނުކުންނަން މަޖުބޫރުވީ ރައްޔިތުންގެ ޝަކުވާތަކާއި އިހްސާސްތައް މިސަރުކާރަށް އަޑުއިއްވަން. ކައުންސިލަށް އަދި ސަރުކާރަށްވެސް މިހާރު މުހުލަތުތަކެއް ދެވިއްޖެ. އެންމެފަހުން ދިން މުހުލަތު މިއަދު 2:00 ގެ ނިޔަލަށް ހަމަވާނެ، އޭގެ ކުރިން ޖަވާބެއް ނުލިބިއްޖެނަމަ މުޒާހަރާއަށް ދާން ރައްޔިތުން މިދަނީ ތައްޔާރުވަމުން،” ރައްޔިތުންގެ ތެރެއިން މިއަދު އީޓީ އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.

 

އޭނާ ބުނީ މުޒާހަރާއަށް ނުކުންނަނީ މަސައްކަތް ހުއްޓުވާލަން ނޫންކަމަށާއި ކަމާބެހޭ ފަރާތްތަކަށް ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށެވެ. ނަމަވެސް މަސައްކަތް ހުއްޓާލާ ހިސާބަށް ދާން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމުގެ އިންޒާރު ރައްޔިތުންގެ ފަރާތުން އޭނާ ދިނެވެ.
ރަށު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ އޯގަސްޓް މަހުން ފެށިގެން މިކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީގެ އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ހިނގާގޮތް ބެއްލެވުމަށްފަހު ހިލަޖެހުމުގައި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި އެކަން ރަނގަޅުނުކޮށް ކުރިއަށްގެންދާތީ ހުއްޓުމެއްނެތި ރައްޔިތުން ޝަކުވާ ކުރާކަން ފާހަގަކޮށް ނައުރިފް ވިދާޅުވީ އަދިވެސް ބޮޑު ހިލަ ޖަހަމުންދަނީ އަންގާފައިވާ ގޮތާއި ހިލާފަށް ކަމަށެވެ.

 

“އެމީހުންނަށް ދީފައި އިންނަނީ 0.6 މީޓަރަށް އަޑިން ކޮނެގެން ހިލަ ޖަހަން. ފުރަތަމަކޮޅު އެހެން ހެދި ނަމަވެސް ފަހުން އައިސް ނުކޮނެއޭ ބުނެވޭނީ،” ނައުރިފް ވިދާޅުވިއެވެ.
ނައުރިފް ވިދާޅުވީ މިހާރުވެސް ހިލަޖަހާފައިވާ ސަރަހައްދުން ހިލަތައް ނެއްޓެން ފަށާފައިވާ ކަމަށެވެ.

އެމްޓީ ހޯގާޑުން ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށި ތަނާހެންވެސް މަސައްކަތުގެ ފެންވަރު ދަށްކަމުން ރަށްޔިތުން ކަންބޮޑުވުން ފާޅުކުރުމުން ހައުސިން މިނިސްޓްރީން ހޯގާޑަށް އޭރުވަނީ މަސައްކަތް އަލުން ކުރުމަށް އަންގާފަ އެވެ. ނަމަވެސް އެ މަސައްކަތްވެސް މިހާތަނަށް އަދިވެސް ރަނގަޅުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. hadIbu

    އޭދަފުށްޓާއެކު 6 ރަށެއް ހިއްކުމަށް ސަރުކާރުން 2013 ގައި އަވަސް އަރުވާލައިގެން 600 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޕީޕީއެމް އިންތިހާބަށް ފަންޑް ކުރާގޮތަށް ބޮސްކާލިސް އިން ކަޓްދޭން ބުނުމުން، ފައިސާއަށް ވޯޓް ވިއްކާ އިސްލާމްދީނުގައި ކަނޑައެޅި ހަރާމްކޮށްފައިވާ ކަމެއް އޭދަފުށީ ގިނަ ރައްޔިތުން ކުރަނީ ލަދުވެތި ކަމެއް ނެތި. ވޯޓް ވިއްކާފަ ދައްކާނެ ވާހަކަ އެއް ނެތް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.