ހުއްދަ ނުހޯދާ ފުޓްސަލް ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

10671424_568146470017661_8739543470176508417_n

އޭދަފުށީ ކައުންސިލު އިދާރާގެ ހުއްދަ ނުހޯދައި ފުޓްސަލް ދަނޑު ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އޭދަފުށި ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފު ވިދާޅުވީ ފުޓްސަލް މަރާމާތަށް ބަނދުކޮށްފައި އޮތުމަށްފަހު އާއްމުކޮށް ހުޅުވާލާނީ މިރޭ ކަމަށެވެ.

“މަރާމާތަށް ބަންދުކޮށްފަ އޮތުމަށްފަހު، މިއަދުން ފެށިގެން ފުޓްސަލް ދަނޑު ދޫކުރާނީ ކައުންސިލް އިދާރާއިން ކުރިންވެސް ދަނޑު ދޫކުރަމުން އައި އުސޫލުން، އެއީ ކޮންމެ ބަޔަކަށްވެސް އެއް ގަޑިއިރަށް،”

ކައުންސިލުން ބުނި ގޮތުގަިއ ފުޓްސަލް ދަނޑު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ދަންވަރު 12:00 އަށެވެ.

އޭދަފުށީ ފުޓްސަލް ދަނޑު މަރާމާތަށް ބަންދުކުރީ އެ ދަނޑުގައި ކުރިން ބެހެއްޓި ލައިޓް ސިސްޓަމުން އެކަށީގެންވަރަށް އަލި ނުލިބޭތީ ޒުވާނުންގެ ޝަކުވާތަކާ ގުޅިގެން އާ ލައިޓް ސިސްޓަމް ހަރުކުރުމަށެވެ.

އޭދަފުށީ ފުޓްސަލް ދަނޑު. އާ ލައިޓް ސސްޓަމް ހަރުކޮށް ދަނޑުވަނީ މިހާރު ވަނީ ޒުވާނުން ބޭނުންވާވަރަށް ދިއްލާލައިފައި -- އީޓީ ފޮޓޯ
އޭދަފުށީ ފުޓްސަލް ދަނޑު. އާ ލައިޓް ސސްޓަމް ހަރުކޮށް ދަނޑުވަނީ މިހާރު ވަނީ ޒުވާނުން ބޭނުންވާވަރަށް ދިއްލާލައިފައި — އީޓީ ފޮޓޯ

މިހާރު ހަރުކޮށްފައިހުރި އާ ލައިޓް ސިސްޓަމުގައި ހިމެނެނީ ހުދު އަލި ހުންނަ 1000 ވޯޓްގެ 12 ލައިޓެވެ.

އާ ލައިޓްތައް ހަރުކުރި ފަހުން މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްވެސް އުސޫލެއްގެތި ދަނޑު ދަނީ ބޭނުންކުރަމުންނެވެ. ބައެއް ރޭ ރޭ ދަންވަރު އެކެއް ޖަހަންދެންވެސް ދަނޑުގައި ދަނީ ކުޅެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.