ރިވެޓްމެންޓް މައްސަލާގައި މުޒާހަރާނުކޮށް، ސަރުކާރަށް ޕެޓިޝަނެއް!

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން.

 

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން މުޒާހަރަން ކުރަން ނިންމި ނަމަވެސް، މިހާރު މުޒާހަރާއަކަށް ނުގޮސް ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.

މުޒާހަރާ އިންތިޒާމުކުރާ ކޮމެޓީގެ ބޭފުޅަކު “އީޓީ” އަށް މިރޭ ކިޔައިދިން ގޮތުގައި ސަރުކާރަށް މިކަމާމެދު ވިސްނުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މުޒާހަރާ ނުކުރާ ގޮތަށް ކޮމެޓީން މިއަދު ހަވީރު ނިންމާފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މަސައްކަތަށް ހުރަސްއަޅާކަށް ނުނިންމަން. ރައްޔިތުން ބޭނުންވީ ސުލްހަވެރި މުޒާހަރާއެއް ކުރަން. އިތުރަށް ވިސްނުމަށްފަހު މުޒާހަރާނުކޮށް ޕެޓިޝަނެއް ހުށަހަޅަން މި ނިންމީ، އެއީ އެންމެ ފަސޭހައިން ދައުލަތުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނީ ޕެޓިޝަނެއްގެ ގޮތުގައި ހުށަހަޅައިގެން ކަމަށް ފެންނާތީ،”

ރިވެޓްމެންޓް މައްސަލާގައި އޭދަފުށީ ރައްޔިތުން މުޒާހަރާ ކުރަން ތައްޔާރުވަމުންދާކަމަށް މިއަދު “އީޓީ” ގައި ރިޕޯޓް ކުރުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި އޭދަފުށީ ދާއިރާގެ މެންބަރުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފަ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ އޯގަސްޓް މަހުން ފެށިގެން ރިވެޓްމަންޓް މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނަސްފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އަދި އެކަމާ ގުޅިގެން މިނިސްޓްރީގެ އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ހިނގާގޮތް ބެއްލެވުމަށްފަހު ހިލަޖެހުމުގައި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށްވެސް ރަށު ކައުންސިލުން ބުނެއެވެ.

ރަށު ކައުންސިލުން މިއަދު ބުނީ މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީ ހޯގާޑަށް މައްސަލަތައް ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެމްޓީ ހޯގާޑުން މިރަށުން ފުރައިގެންދާނީ އެ ހުރިހާ ކަމެއް ރަނގަޅުކުރުމަށްފަހު ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.