މާލޭގައި ދިރިއުޅޭ ހިތާދޫ ޒުވާނުންނަށް ހާއްސަކޮށްގެން އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް ބާއްވައިފި އެވެ.
އިއްޔެ މާފަންނު ސްޓޭޑިއަމުގައި ކުރިއަށް ދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެވެސް ޗެމްޕިއަން ޓީމު ދަ ބެސްޓް އެވެ. އެއީ ފައިނަލުގައި ޕްރޯ ޔުނައިޓެޑް އަތުން 2-8 އިން މޮޅުވެގެންނެވެ.
މުބާރާތުގެ އެެންމެގިނަ ލަޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އަލީ ހައިޝަމް އެވެ. އެންމެމޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހައިޝަމްގެ އިތުރުން ސާޖިދު ރަޝީދު އާއި ހުޒައިފަތު ރަޝީދު އާއި އަހްމަދު ރަޝީދު އާއި ރިމާހް އަހްމަދު އަދި މޫސާ ހަލީމު އެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 9 ޓީމެއް ވާދަކުރި އެވެ.
ހިތާދޫން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން މިދިޔަ މަހު މާލޭގައި ބޭއްވި ނޭޝަނަލް ހާޑްވެއާ ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން 38 ޓީމު ވާދަކުރި އެވެ.
1 match kulhegen molhu kulhun theriyaa magaamu libunu furathama mubaarh