ކަމަދޫ ފެރީއެއް ނެރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ

ފަރަށް އަރައި އަޑިއަށްދިޔަ ކަމަދޫ ފެރީ ފަޅުތެރެއަށް ވައްދާފައި--ނ ފޮޓޯ - ކަމަދޫ ކައުންސިލް
ނެރުމައްޗަށް އަރައި އަޑިއަށްދިޔަ ކަމަދޫ ފެރީ ފަޅުތެރެއަށް ވައްދާފައި– ފޮޓޯ – ކަމަދޫ ކައުންސިލް

މިއަދު ފަތިހު ކަމަދޫ ނެރުމައްޗަށް އެރަށު ފެރީ ދޯންޏެއް އަރައި އަޑިއަށް ހިނގައްޖެ އެވެ.

ކަމަދޫ ކައުންސިލުގެ ނައިބް ރައީސް ހުސައިން ޒަރީރު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ ދޯނި މިހާރު ވަނީ ފުންކޮށް ރަށުގެ ފަޅުތެރެއަށް ވައްދައިފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ފަތިހު 5:15 ހާއިރެވެ.

ކަމަދޫ ފަރަށް މިއަދު ފަތިހުއެރި ފެރީ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ފަރަށް މިއަދު ފަތިހުއެރި ފެރީ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ — ފޮޓޯ / ކަމަދޫ ކައުންސިލް

ނެރުގެ ފައިކަށްޓަށް ދޯނި އެރީ ކަމަދުއަށް ވަންނަނިކޮށް އިންޖީނު ހުއްޓިގެން ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ ޒަރީރު ވިދާޅުވި އެވެ.

“ރައްޔިތުންވެގެން ދޯނި މިހާރުވަނީ ފުންކޮށް ފަޅުތެރެއަށް ވައްދާފައި، އެކަމު ދޯނި އަދިވެސް އޮތީ އަޑީގައި، ދޯނި ބޮޑުބައެއް ފޫގޮސްފައިހުރި ކަމަށްވަނީ،”

ކަމަދޫ ކައުންސިލުން ބުނި ގޮތުގައި މި ހާދިސާގައި ނެރުމައްޗަށް އެރީ އެރަށުން ލަނޑާގިރާވަރަށް ދަތުރުކުރާ ފެރީ ދޯންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.