އަނބިމީހާ ފުރުވަންދިޔަ ޑޮކްޓަރު އެންގުމެއްނެތި ރަށަށް، އޮޕަރޭޝަންތައް ހުއްޓިފައި!

ބ. އަތޮޅު ހޮސްޕިޓަލް: އެތަނުގެ ހޭނައްތާ ޑޮކްޓަރު އެންގުމެއްނެތި ވަނީ ފުރައިގެން ގޮސަފައި. އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ހޮސްޕިޓަލް: އެތަނުގެ ހޭނައްތާ ޑޮކްޓަރު އެންގުމެއްނެތި ވަނީ ފުރައިގެން ގޮސްފައި. އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

އަނބިމީހާ ފުރުވަން މާލެދިޔަ ބ. އަތޮޅު ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ހޮސްޕިޓަލަށް އެންގުމެއްނެތި އޭނާގެ ރަށަށް ފުރައިގެން ދިއުމާ ގުޅިގެން އޮޕަރޭޝަންތައް މެދުކެނޑިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ވަހީދު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ހޭނައްތާ ޑޮކްޓަރު މިދިޔަ ބުރާސްފަތި ދުވަހު މާލެ ދިޔައީ އޭނާގެ އަނބިމީހާ މާލެ ފުރުވުމަށްފަހު އިއްޔެ އެނބުރި އޭދަފުއްޓަށް އަންނަ ގޮތަށެވެ.

“ޑޮކްޓަރު ބުރާސްފަތި ދުވަހު މާލެ ދިޔައީ އޭނަގެ އަންހެނުން ރަށަށް ފުރުވާފަ ހޮނިހިރު ދުވަހު އެނބުރި މިކޮޅަށް އަންނަ ގޮތަށް، ނަމަވެސް އިއްޔެ އިން ފެށިގެން އޭނާއާ ވަނީ ގުޅޭގޮތް ނުވެފައި، އަންހެނުންނާއެކު ޑޮކްޓަރުވެސް ފުރިގެން ގޮސްފައިވާ ކަމަށްވަނީ،”

ވަހީދު ވިދާޅުވީ، ހޮސްޕިޓަލަށް އެންގުމެއްނެތި، ކުއްލި ގޮތަކަށް ޑޮކްޓަރު ރަށަށް ދިއުމުން، މި ވަގުތު ހޮސްޕިޓަލަށް އަންނަ މީހުންގެ ތެރެއިން އޮޕަރޭޝަންކުރަން ޖެހޭ މީހުންނަށް ހިދުމަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ވީހާވެސް އަވަހަކަށް ހޭނައްތާ ޑޮކްޓަރަކު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތަށް ހިދުމަތް މެދުކެނޑޭއިރު، އޮޕަރޭޝަން ކުރަންޖެހޭ މީހުންނަށް އަތޮޅު ހޮސްޕިޓަލުން ލަފާދެނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނޫނީ މާލެ އަށް ދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.