ނިޔާމަ ބޯޓް މަރާމާތުކުރަން ފަށައިފި

ނިޔާމަ ބޯޓް މަރާމާތުކުރަނީ. ދަތުރުތައް އަލުން ފަށަން ތިންމަސްވަރު ނަގާނެ-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ނިޔާމަ ބޯޓް މަރާމާތުކުރަނީ. ދަތުރުތައް އަލުން ފަށަން ތިންމަސްވަރު ނަގާނެ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

ބ. ތުޅާދޫ ފަޅުތެރޭގަ އޮއްވާ މިދިޔަމަހު ރޯވެ ބޮޑުބައެއް އަނދައި ހުލުވި، އޭދަފުށީ “ނިޔާމަ” ބޯޓު މަރާމާތު ކުރަން ފަށައިފި އެވެ.

އެ ބޯޓުގެ ވެރިޔާ މުހައްމަދު ނައީމް މިއަދު ވިދާޅުވީ ބޯޓު މަރާމާތަށްޓަކައި އިއްޔެ އޭދަފުށީ ދެކުނު ފަރާތަށް އެހެލާފައިވާ ކަމަށާއި މަރާމާތަށްފަހު ދަތުރުތައް އަލުން ފެށޭނީ ދެތިން މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

“ބޯޓު ބޭނުން ކުރެވޭނީ ވަރަށް ބޮޑު މަރާމާތަކަށް ފަހު، އިއްޔެ ބޯޓު އެހެލައި މިއަދު މަސައްކަތް ފަށައިފިން، މި ބަލަނީ ތިން މަސްތެރޭ މަރާމާތު ނިންމައި އަލުން ދަތުރުތައް ފެށޭތޯ،” ކުރިންވެސް ދެ ފަހަރެއްގެމަތިން ބޮޑެތި މަރާމާތުތަކެއް ކުރި އެ ބޯޓުގެ ވެރިޔާ ނައީމު ވިދާޅުވި އެވެ.

ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި "ނިޔާމަ" ދޯނީގެ ވެރިޔާ ނައީމް، އެ ދޯނިމަތީގައި މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އޭދަފުށި ޓައިމް
އަލިފާނުގެ ހާދިސާ ހިނގި “ނިޔާމަ” ދޯނީގެ ވެރިޔާ ނައީމް، އެ ދޯނިމަތީގައި މިއަދު ހަރަކާތްތެރިވަނީ.—ފައިލްފޮޓޯ

 

ބ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ “ނިޔާމަ” ބޯޓުގައި ރޯވީ މިދިޔަ ޑިސެމްބަރުމަހުގެ 25ވަނަ ދުވަހުގެރޭ ދަންވަރު 2:30 ވާން އުޅެނިކޮށް ތުޅާދޫ ބަނދަރުގައި އޮއްވަ އެވެ. ނައީމް ތުހުމަތު ކުރަނީ ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށެވެ.
ބޯޓު ހަމައެދުވަހު މެންދުރު ވަނީ އޭދަފުއްޓަށް ގެނަސްފަ އެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

އޭދަފުށި "ނިޔާމަ" ބޯޓުގައި ރޭ ދަންވަރު އަނދައި ހުލިވެފައި.---ފޮޓޯ: ކިޔުންތެރިއެއް

އޭނާ ވިދާޅުވި ގޮތުގައި ބޯޓުގެ އިންޖީނުގެ އަގަށް އެކަނި ބެލިޔަސް ބައި މިލިއަން ރުފިޔާ އަށް އަރާނެ އެވެ. އާ އިންޖީނެއް ބޯޓުގައި އެޅިތާ އަދި ވާނީ އަހަރެއް ކަމަށް ނައީމް ވިދާޅުވި އެވެ.

ދުއްވާތާ ހަތް އަހަރު ވެފައިވާ 80 ފޫޓުގެ މި ބޯޓް މީގެ ކުރިންވެސް އެކި ފަހަރުމަތިން ފަރަށް އަރައި ގެއްލުންތައް ވުމުގެ ސަބަބުން ބޮޑެތި މަރާމާތުތަކެއް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.