ދަރަވަންދޫއަށް ޖައްސަންދިޔަ މޯލްޑިވިއަންގެ ބޯޓެއްގައި ދޫންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ދަރަވަންދޫ އެއާޕޯޓުން މޯލްޑިވިއަންގެ ބޯޓަކުން ބަޔަކު އަރަނީ: އެ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވަނީ ދޫންޏެއްޖެހި އެކްސިޑެންޓްވެފައި
ދަރަވަންދޫ އެއާޕޯޓުން މޯލްޑިވިއަންގެ ބޯޓަކުން ބަޔަކު އަރަނީ: އެ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވަނީ ދޫންޏެއްޖެހި އެކްސިޑެންޓްވެފައި

ހދ. ހަނިމާދޫން ފުރައިގެން ބ. ދަރަވަންދު އަށް މިއަދު ހެނދުނު ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއްގައި ދޫންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވި ގޮތުގައި ބޯޓުގެ ފިޔަގަނޑުގައި ދޫންޏެއް ޖެހުމާ ގުޅިގެން، ފަސިންޖަރުން ބާލައި، ބޯޓު ވަނީ އިންސްޕެކްޓްކޮށްފަ އެވެ.

“ބޯޓުގެ ވިންގަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ. އެކަމަކު ދޫންޏެއް ބޯޓުގައި ޖެހުމަކީ ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް. އެހެންވެ ބޯޓު އިންސްޕެކްޓް ކުރުމަށް ފަހު ވަނީ އަލުން ދަތުރު ފަށާފައި،” ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ އެމްޑީ ހާރިސް “ހަވީރަށް” ވިދާޅުވި އެވެ.

ހާރިސް އާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވަނީ އިންޖީނުގެ ތެރެއަށް ދޫންޏެއް ދަމައިގަނެފި ނަމަ ނުވަތަ ބުރަ ފަތީގައި ޖެހި ގެއްލުމެއް ވެއްޖެ ނަމަ އެއާލައިނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.

“އެއާޕޯޓްތަކުގެ ރަންވޭ ކައިރީގައި އުޅޭ ދޫނިތައް ފައްސަން އެކި ކަހަލަ ކަންތައްތައް ކުރަމުންދޭ. މިއީ ވަރަށް ގިނަ އެއާޕޯޓްތަކުގައި ދިމާވާ މައްސަލައެއް،” އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ބާވަތްތަކުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރުކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.