ދުވާފަރު – އޭދަފުށި މެޗު އެންމެފަހުން މާލޭގައި ކުޅޭގޮތަށް ނިންމައިފި

އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން
އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ޒޯން 3 ގައި ހިމެނޭ ދުވާފަރާއި އޭދަފުށި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު އަންނަ ބުރާސްފަތި ދުވަހު މާލޭގައި ކުޅޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ. މިމެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު މާފަންނު ޓާފްގައެވެ.

މީގެ ކުރިން ތިންފަހަރެއްގެ މަތީން ފަސްކުރި މިމެޗު މާލޭގައި ކުޅޭގޮތަށް ހަމަޖެއްސީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެ މެޗު ނިމުމުން ދުވާފަރު ޓީމުގެ ބައެއް ކުޅުންތެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި މެޗު ނިމުމުން ދުވާފަރު ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާފައެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން އެފް. އޭ. އެމް ގެ ޑިސިޕްލިނަރީ ކޮމިޓީއިން އެ މައްސަލަ ބެލުމަށްފަހު ދުވާފަރު ޓީމުގެ ދެކުޅުންތެރިއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ އެޓީމުގެ ޖޯޒީ ނަންބަރު 10 ޙަސަން ސުޖާޢު އާއި ޖޯޒީ ނަންބަރު 20 މުރުތާޒު މުޙައްމަދެވެ. ސުޖާޢު 7 މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު މުރުތާޒު ސަސްޕެންޑް ކުރީ 6 މެޗަށެވެ. މި ދެކުޅުންތެރިންވެސް ސަސްޕެންޑް ކުރީ މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލާދިނުމުންނެވެ. އެ ނިންމުމުގައި ބުނެފައިވަނީ، އެ މެޗުގައި ދުވާފަރު ޓީމް އަދި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ ޢަމަލާއި ގުޅިގެން ޓީމުތަކުގެ ސަލާމަތަށްޓަކައި، ރައުންޑް 2 ގައި ދުވާފަރުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ކުޅޭނީ “ނިއުޓްރަލް” ދަނޑެއްގައިކަމަށެވެ. އެހެންކަމުން އެފް. އޭ. އެމް އިން ވަނީ މީގެ ކުރިން މި މެޗުވަނީ ހިންނަވަރަށްވެސް ބަދަލުކޮށްފައެވެ. ނަމަވެސް އެފަހަރު މެޗު ކެންސަލް ވީ ދުވާފަރު ޓީމުން އެފް. އޭ. އެމް ގެ ނިންމުން އެޕީލް ކޮމިޓީއަށް ހުށަހެޅުމުންނެވެ.

ބުރާސްފަތި ދުވަހުގެ މެޗަށް ނިކުންނައިރު 7 ޕޮއިންޓާއި އެކު ތާވަލުގެ ކުރީގައި އޮތީ އޭދަފުއްޓެވެ. 3 ޕޮއިންޓާއިއެކު ދުވާފަރަށް ދެވަނަ ލިބޭއިރު ހިންނަވަރަށް ތިންވަނަ ލިބެނީ 1 ޕޮއިންޓާ އެކުއެވެ. ދުވާފަރަށް ބާކީ ދެމެޗު އޮތް އިރު ބުރާސްފަތި ދުވަހުގެ މެޗު އެއްވަރުކޮށްލިޔަސް ޒޯން ޗެމްޕިއަންކަން އޭދަފުއްޓަށް ލިބޭނެއެވެ. ދެކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ޢަބްދުލް މަޖީދު އިބްރާހީމް ނޫން ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓުކަމަށް އޭދަފުށީ ޓީމުން ބުނެއެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު 2-0 އިން ކާމިޔާބު ކުރީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ހޮނިހިރު ބަތްޕެން / އޭދަފުށި

    ބަޔަކު ބަދުނާމްކޮށް ވާހަކަ ދެއްކިއަސް ކަމަކު ނުދާނެ!!!! ދުވާފަރު މީހުންނަކީ އެހާ އަނިޔާވެރި ބައެއްކަން އެގޭއިރު ވީއްވެތަ ހިންނަވަރު މެޗު ދުވާފަރުގައި ކުޅުވީ….. އަޅެ އަޖާބެއްފަހެ ނުވާނެތަ،،،، އެފް އޭ އެމް ތިބީ ހަމަހޭގަތަ؟؟؟؟

    ރައްދު
  2. ހޮނިހިރު ބަތްޕެން / އޭދަފުށި

    އަޅުގަޑަށް ފެންނަގޮތުގައި މި މެޗު ނުކުޅެ އޭދަފުއްޓަށް ޒޯން ޗެމްޕިއަން ދީ މިނިވަން 50 ގެ މުބާރާތް މިހާ ހިސާބުން ނިންމާލުން.
    އޭދަފުއްޓަށް ވަރަށް ސަލާން….

    ރައްދު
  3. ކާފަބެ/ ހޮނިހިރު ބަތްޕެން

    ބަލިވެދާނެތީ ބިރުން އެފް އޭ އެމް ގައި އާދޭސް ކޮށްގެން މާލެ އަށް ބަދަލުކުރީ …… ތީ ތަންކޮޅެއް ބޮޑު ވަރު ކޮބާ ކަލޭމެންގެ ލަދު…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.