ރިވެޓްމެންޓްގެ ޖަހާގޮތާދޭތެރޭ ހިތްހަމައެއް ނުޖެހޭ: މިނިސްޓަރު

އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް
އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑްގެ މަސައްކަތުގެ ފެންވަރާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް އޭދަފުށްޓަށް ވަޑައިގެން މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް އިއްޔެ ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ ފެންވަރާމެދު އެއްގޮތަކަށްވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
މުއިއްޒު އޭދަފުއްޓަށް ވަޑައިގަތީ ހޯގާޑް ކުންފުނިން ރިވެޓްމަންޓް ޖަހާގޮތާމެދު އޭދަފުށީ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ. މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް
އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް

މިނިސްޓަރު ވިދާޅުވީ މިއީ ހަމައެކަނި އޭދަފުށީގައި ދިމާވެގެންއުޅޭ ކަމެއް ނޫންކަމާއި އެ ކުންފުނިން މީގެ ކުރިން މަސައްކަތް ކުރި ދ. މީދޫގައިވެސް މައްސަލަތައްހުރި ކަމަށެވެ.

“އަޅުގަނޑުމެން އޮންނާނީ މީދުގައި ހުރި މައްސަލަތައްވެސް ރަނގަޅު ކުރުމަށް އަންގާފައި، އެހެންނަމަވެސް މަސައްކަތުގެ ބައެއް ރަނގަޅުކޮށްފައި އަދިވެސް މުޅި މަސައްކަތް އެއްކޮށް ރަނގަޅު ކޮށްފައެއްނުވޭ.”މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރިވެޓްމަންޓްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށާއި އެކަން ކުރުމަށް އެފަރާތަށް އަންގައި، މިނިސްޓްރީން ގަބޫލުކުރާ ފެންވަރު ނުވަތަ ދެފަރާތުން އެއްބަސްވެފައިވަ ގޮތަށް މަސައްކަތް ކުރުމުން ނޫނީ މި މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށެވެ.

އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް
އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިން މިނިސްޓަރު އިއްޔެ ބައްލަވާލައްވަނީ. މަސައްކަތުގެ ފެންވަރާމެދު މިނިސްޓަރުވެސް ހިއްހަމަޖެހިވަޑައެއް ނުގަންނަވާ—ފޮޓޯ / ނަވާލް

ސަލީމު ވިދާޅުުވި ގޮތުގައި ހޯގާޑް މީހުންގެ މަސައްކަތް ކަމުނުދާކަމަށް ރައްޔިޔުންނަށްް ފެނުނު ހިސާބުން ފެށިގެން އެކަން ވާނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

“ދުވަހުން ދުވަހަށް އަޅުގަނޑު ދިޔައީ ހައުސިން މިނިސްޓަރަށާއި އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަށް މިކަން ހިއްސާ ކުރަމުން. އެންމެފަހުން ސީދާ ރައީސް އެދިވަޑައިގަތީ ހައުސިންގ މިނިސްޓަރާއެކު އަޅުގަނޑުވެސް އައިސް މަސައްކަތް ހިނގާގޮތްބެލުމަށް.” ސަލީމު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.