މިދިޔަ ދެ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)
އޭނާގެ ކުރީގެ ކްލަބް ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.
ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނުކުތުމަށް ފަހު، ވިކްޓަރީ އާއި މާޒިޔާއަށް އަށް ވެސް ކުޅުނު އޭދަފުއްޓަށް އުފަން ޝާފީ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ.
ޝާފީގެ އިތުރުން ނިއު އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.
އަސްހަދު އަލީ (އަޑުބަރޭ) ގެ އިތުރުން ނިއުރޭޑިއަންޓުން އެއްވެސް ކުޅުންތެރިޔަކަށް ރިލީސް ދީފައެއް ނުވާނެ…!! ކޮންޓްރެކްޓް މުއްދަތު ހަމަނުވަނީސް އެހެން ކްލަބް އަކަށް ބަދަލުވީ… ސެންޓޭވެސް، ލިލީވެސް، ޝާފީވެސް ކޮންޓްރެކްޓް ހަމައެއް ނުވޭ…!! ރިލީސް ނުދެނީސް ދިޔައީ…