އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ ބަންބުޗް ވެސް މިފަހަރު ޤައުމީ ޓީމުގައި

އަހްމަދު ޝުހައިލް (ބަންބުޗު)
އަހްމަދު ޝުހައިލް (ބަންބުޗު)

ބަންގްލަދޭޝްގައި މާދަމާ ފަށާ ބަންގަބަންދު ގޯލްޑް ކަޕަށްދާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ އަޙްމަދު ސުހައިލް (ބަންބުޗް) އަށް ފުރުޞަތު ލިބިއްޖެއެވެ.

މިފަހަރުގެ މުބާރާތަށް ނެގި ސްކޮޑުން ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ވަނީ ފުރުޞަތު ދީފައެވެ.

ބަންބުޗުގެ އިތުރުން މި މުބާރާތަށްދާ ޓީމުގައި އޭދަފުއްޓަށް ނިސްބަތްވާ އަނެއް ދެކުޅުންތެރިންނަކީ ޢަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގައި ހިމެނުނު ޝާފިއު އަޙްމަދު (ޝާފީ) މިފަހަރުގެ ގައުމީ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ހިމެނެނީ ކެމްބޯޑިއާ އާއި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ އިތުރުން ބަހްރޭންއެވެ. ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ކުޅޭނީ ކެމްބޯޑިއާއާއި ދެކޮޅަށެވެ. އެއަށްފަހު އަންނަ ބުދަ ދުވަހު ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާއި ވާދަކުރާއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންނަ ހަފްތާގެ ހުކުރު ދުވަހު ބައްދަލުކުރާނީ ބަހްރޭންއާ އެވެ.

މީގެކުރިން 23 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައިވާ ބަންބުޗަށް ސީނިއަރ ޓީމުން ފުރުޞަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު މި ކުޅުންތެރިޔާ މިއަހަރުވެސް ފެންނާނީ ނިއުއިންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.