މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ ބުރު ހޯމަ ދުވަހު ފަށަނީ

މިނިވަން 50 މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ މިދިޔަ ހުކުރުދުވަހު ކުޅުނު މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
މިނިވަން 50 މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ  ކުޅުނު މެޗުގެ ތެރެއިން. މުބާރާތުގެ ތިންވަނަ ބުރު އަންނަ ހޯމަދުވަހު ފަށާނެ– އީޓީ ފޮޓޯ / ސައިނޯސާ ރާއި

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރު އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ އަތޮޅު މުބާރާތެެވެ. އަތޮޅު ޗެމްޕިއަން ހޯދި ޓީމުތަކުގެ މެދުގައި ބޭއްވި ދެވަނަ ބުރުން ޒޯން ޗެމްޕިއަންސްގެ ގޮތުގައި އަށް ޓީމެއް ވަނީ ތިންވަނަ ބުރަށް ކޮލިފައިވެފަ އެވެ.
މި މުބާރާތަށް ކޮލިފައިވި 8 ރަށަކީ ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ބ. އޭދަފުށި، އދ. މާމިގިލި، ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމާތޮޑާ އަދި އައްޑޫސިޓީގެ ފޭދޫ އެވެ.

މި މުބާރާތުގެ މެޗުތައްް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ. އުތުރަށް ނިސްބަތްވާ ޒޯން ޗެމްޕިއަން ޓީމުތަކުގެ މެޗުތަށް ކުޅޭނީ ހދ. ކުޅުދުއްފުށީގަ އެވެ.

އޭދަފުއްޓާއެކު ގްރޫޕް “އޭ” ގައި ދެން ހިމެނެނީ ހދ. ނޮޅިވަރަމް އާއި ށ. ފޯކައިދޫ އަދި އދ. މާމިގިއްޔެވެ. ގްރޫޕް “ބީ” ގައިި ހިމެނެނީ ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމަތޮޑާ އަދި ސ. ފޭދޫ ޓީމެވެ.

މި މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ އދ. މާމިގިއްޔާއެވެ. އޭދަފުށީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމް އާއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 18 ވާ ހޯމަ ދުވަހު އޭދަފުށި ނިކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ޝެޑިއުލް ކޮށްފައިވަނީ އައްޑޫ ސިޓީ ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.