ބަޔޮސްފިއާ އޮފީހުގެ ޑީޖީ އަނެއްކާވެސް އީޕީއޭގެ އިސްވެރިޔާގެ މަގާމަށް

ބަޔޮސްފިއާ އޮފީހުގެ ޑީޖީގެ މަގާމުގައި ކުރިން ހުންނެވި ނައީމް: މިހާރު ވަނީ އަނެއްކާވެސް އީޕީގޭގެ އިސްވެރިޔާގެ މަގާމަށް ބަދަލުކޮށްފައި. – ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް
ބަޔޮސްފިއާ އޮފީހުގެ ޑީޖީގެ މަގާމުގައި ކުރިން ހުންނެވި ނައީމް: މިހާރު ވަނީ އަނެއްކާވެސް އީޕީގޭގެ އިސްވެރިޔާގެ މަގާމަށް ބަދަލުކޮށްފައި. –

އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިސްވެރިޔާގެ މަގާމުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހަށް ބަދަލުކުރި ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް، އަނެއްކާވެސް އީޕީއޭގެ އިސްވެރިޔާގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ނައީމް އެ މަގާމަށް މިއަދު އަލުން ބަދަލުކުރެއްވީ އީޕީއޭ އާއި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުންނެވެ. ނަމަވެސް މި ދެ އިދާރާގެ ކަންކަން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހިންގަވާ ބަލަހައްޓާވާ ސިޔާސީ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ދީދީ އެވެ.

އީޕީއޭގެ ޑީޖީ ނައީމު މިދިޔަ އަހަރު ބަޔޮސްފިއާ ރިޒާވް އޮފީހަށް ބަދަލުކުރިއިރު، ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށްޓަކައި ސަރުކާރުގެ މެމްބަރަކު ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.

އެ އިސްލާހާ މެދު ނައީމް ވަނީ މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭރު އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އީއައިއޭ ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ފާސްވެ، ތަސްދީގު ކޮށްފިނަމަ ތިމާވެށި ދަމަހައްޓަން އުނދަގޫވެ، ހުރަސްތައް ކުރިމަތިވާނެ އެވެ. އެހެންވެ އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.