ބ. އަތޮޅުގައި ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

ދަރަވަންދޫ ފިއުލް ސާވިސަސް
ދަރަވަންދޫ ފިއުލް ސާވިސަސް

އެސްޓީއޯ ތެލުގެ އަގު ހެޔޮ ކުރުމާގުޅިގެން ބ. އަތޮޅުގައިވެސް ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

މިއަތޮޅުގައި ހުރި ހަމައެކަނި ފިއުލް ޝެޑް ދަރަވަންދޫ ފިއުލް ސާވިސަސް އިން ބުނީ ޑީސަލް އަދި ޕެޓްރޯލް ލިޓަރަކުން 1ރ. ހެޔޮކޮށްފައިވާ ކަމަށެވެ. މި ބަދަލާ އެކު ދަރަވަންދޫ ފިއުލް ސާވިސަން އިން މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.50ރ. އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 10.50ރ. އެވެ.

އޭދަފުށީގައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ސްޓޯން ފިހާރައިންނާއި ވައިޓްވޯލުންވެސް ޕެޓްރޯލް އަދި ޑީސަލުގެ އަގުވަނީ ހެޔޮކޮށްފަ އެވެ. މި ބަދަލާއެކު، މި ދެތަނުންވެސް ޕެޓްރޯލް މިހާރު ވިއްކަނީ 11.50ރ އަށެވެ. ސްޓޯން އިން 10.75 ރ އަށް ޑީސަލް ލިޓަރެއް އަގުހެޔޮކޮށްފައިވާއިރު ވައިޓް ވޯލުން މިހާރު ޑީސަލް ލިޓަރެއް ވިއްކަނީ 11.00ރ އަށެވެ.

އެސްޓީއޯ އިން މާލޭގައި މިހާރު ޕެޓްރޯލް 9.80ރ އަށް ވިއްކަމުންދާއިރު ޑީސަލް ވިއްކަނީ 10 ރުފިޔާ އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު އުޅެނީ 37 ޑޮލަރާ ހިސާބުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.