ދަރަވަންދޫގައި ދާއިމީކޮށް ދަތުގެ ފަރުވާދޭން ފަށައިފި

މަންޖިމާ ޑައިގްނޯސްޓިކް ހެލްތްސެންޓަރު. އެތަނުގަިއ މިހާރު ދާއިމީކޮށް ދަތުގެ ފަރުވާދޭނަ ވަނީ ފަށައިފައި
މަންޖިމާ ޑައިގްނޯސްޓިކް ހެލްތްސެންޓަރު. އެތަނުގަިއ މިހާރު ދާއިމީކޮށް ދަތުގެ ފަރުވާދޭނަ ވަނީ ފަށައިފައި

ބ. ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތް ސެންޓަރުގައި ދާއިމީކޮށް ދަތުގެ ފަރުވާދޭން ފަށައިފި އެވެ.

އެ ސެންޓަރުން ވާހަކަދެއްކި މުޚްތާރު ޔޫސުފް ވިދާޅުވީ ދަތުގެ ބަލިތަކާ ބެހޭ ޚާއްސަ އިންޑިއާ ޑޮކްޓަރަކު އެ ސެންޓަރުގައި މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ފަރުވާ ދެމުން ގެންދާނެ ކަމަށެވެ.

“މި ކުލިނިކުން ދެމުން އަންނަ ޚިދުމަތްތައް މިއަތޮޅުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ދަތުގެބަލި ތަކަށް ހާއްސަ ފަރުވާދޭ ދާއިމީ އިންޑިޔާ، ޑޮކްޓަރެއް މި ކުލިނިކުގައި މިހާރު ކޮންމެ ދުވަހަކުވެސް ބަލިމީހުން ބައްލަވަމުން ގެންދަވާނެ.”

މަންޖިމާ ޑައިގްނޯސްޓިކް ހެލްތް ސެންޓަރުންދޭ ފަރުވާތަކުގެ ތެރޭގައި، ދަތްނެގުން، ދަތްޖެހުން، ދަތުގަ ފުޓުނިއެޅުން، ދަތް އިންދާދިނުން، ރޫޓްކެނާލް ހެދުން، ނަރުއެޅުވުން، ދަތްޕިލާ ހުދުކޮއް ޕޮލިސް ކޮއްދިނުން، ހިރުގިރުން، ދަތްފަނިކެއުން، ހިރުގަނޑުން ލޭއައުން، އަދި އަނގައިން ނުބައިވަސްދުވުމާއި މިނޫނަސް ދަތްތަކަށް ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި ފަރުވާ ދިނުން ހިމެނެ އެވެ.

މުޚްތާރު ވިދާޅުވީީ މީގެ ތިން އަހަރުކުރިން ހުޅުވި އެ ކުލިނިކަށް ދޭތެރެ ދޭތެރެއިން އާންމު ބަލިތަކުގެ ޑޮކްޓަރުން ގެނެސްގެން ވެސް ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

މަންޖިމާ ޑައިގްނޯސްޓިކް ހެލްތްސެންޓަރާ ގުޅޭނެ ނަންބަރު: 7856070، 7694595

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.