އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް ފުރައިފި

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ކުޅުދުއްފުއްތަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން—އީޓީ ފޮޓޯ / ރާއިފް
އޭދަފުށީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ކުޅުދުއްފުއްތަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން—އީޓީ ފޮޓޯ / ރާއިފް

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި ވާދަކުރުމަށް އޭދަފުށީ ފުޓްބޯޅަ ޓީމު މިއަދު ކުޅުދުއްފުއްޓަށް ފުރައިފި އެވެ.

މިއަދު ހަވީރު ފަށާ މި މުބާރާތުގެ މެޗުތައްް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ. އުތުރަށް ނިސްބަތްވާ ޒޯން ޗެމްޕިއަން ޓީމުތަކުގެ މެޗުތަށް ކުޅޭނީ ހދ. ކުޅުދުއްފުށީގަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ އަތޮޅު މުބާރާތެެވެ. އަތޮޅު ޗެމްޕިއަން ހޯދި ޓީމުތަކުގެ މެދުގައި ބޭއްވި ދެވަނަ ބުރުން ޒޯން ޗެމްޕިއަންސްގެ ގޮތުގައި އަށް ޓީމެއް ވަނީ ތިންވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެއީ ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ބ. އޭދަފުށި، އދ. މާމިގިލި، ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމާތޮޑާ އަދި އައްޑޫސިޓީގެ ފޭދޫ އެވެ.

12523099_10154437375301521_1315551851056514356_n

އޭދަފުއްޓާއެކު ގްރޫޕް “އޭ” ގައި ދެން ހިމެނެނީ ހދ. ނޮޅިވަރަމް އާއި ށ. ފޯކައިދޫ އަދި އދ. މާމިގިއްޔެވެ. ގްރޫޕް “ބީ” ގައިި ހިމެނެނީ ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމަތޮޑާ އަދި ސ. ފޭދޫ ޓީމެވެ.
މި މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ އދ. މާމިގިއްޔާއެވެ. އޭދަފުށީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމް އާއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 18 ވާ ހޯމަ ދުވަހު އޭދަފުށި ނިކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ޝެޑިއުލް ކޮށްފައިވަނީ އައްޑޫ ސިޓީ ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.