މިއަހަރު ބަހިއްޔާ ޕްރީ ސްކޫލު ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކޮށްފި އެވެ.
ބަހިއްޔާ ޕްރީ ސްކޫލް ހިންގަމުން އަންނަ އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މިއަހަރު އެ ސްކޫލް ދަރިވަރުންގެ ފީއަކީ 100 ރުފިޔާ އެވެ. ކުރިން އެ ސްކޫލުގެ ދަރިވަރުންގެ އަތުން ނަގަނީ 50 ރުފިޔާ އެވެ.
މިއަހަރުން ފެށިގެން ޕްރީ ސްކޫލުތައް އެޑިއުކޭޝަން މިނިސްޓްރީން ހިންގަން ނިންމާފައި ވުމުން ބަހިއްޔާ ޕްރީ ސްކޫލުގައި މިއަހަރު ކިޔަވައިދޭނީ ހަމައެކަނި ނާސަރީއށް ވަތް 49 ދަރިވަރުންނަށެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ސްކޫލުގެ ފީ ބޮޑުކުރީ ބެލެނިވެރިންނާވެސް މަޝްވަރާ ކުރުމަށްފަހު އެވެ.
އަންނަ ބުދަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ނަމަވެސް ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔެވުން ފަށާގޮތަށް ހަމަޖައްސާފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.