ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާޓް ފޯނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސްމާޓް ފޯނު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށާފައި.-- ފޮޓޯ / ދިރާގު
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސްމާޓް ފޯނު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށާފައި.– ފޮޓޯ / ދިރާގު

ދިރާގު ޕޯސްޓްޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާޓްފޯނެއް ލިބޭ “ޕްރޮމޯޝަނެއް” ދިރާގުން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން ސިކްސް އެސްއާއި އައިފޯން ސިކްސް އެސް ޕްލަސްއާއި ސެމްސަންގް ގެލެކްސީ ސިކްސް އެޖްގެ އިތުރުން ސެމްސަންގް ގެލެކްސީ ސިކްސް އެޖް ޕްލަސްއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގު ޕޯސްޓްޕެއިޑް ބޭނުން ކުރައްވާ ފަރާތްތަކުގެ ތެރެއިން އެކްޓިވް ކޮންމެ ކަސްޓަމަރަކަށް ވެސް ސްމާޓް ފޯނެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި މިހާރު ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިބި ހުރިހާ ކަސްޓަމަރުންނަށާއި، ޕްރޮމޯޝަން ކުރިއަށްދާ ވަގުތުގައި ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަންސް ނަންގަވާ ފަރާތްތަކަށް ވެސް އެއްވެސް މަސައްކަތަކާއި ނުލައި ބައިވެރި ވެވޭނެ އެވެ.

ޕްރޮމޯޝަނާ ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ މިއީ ޕްރޮމޯޝަނަކަށްވުރެ ބޮޑަށް ދިރާގުގެ ކަސްޓަމަރުންނަށް އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާާ ހަދިޔާތަކެއް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މިއަދު ސްމާޓް ފޯނު ލިބޭ ނަސީބުވެރިޔާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.