އިންޓަރ އޮފީސް ފުޓްސަލް ޗެލެންޗް މިއަހަރުވެސް ބާއްވަން ނިންމައިފި

އިންޓަރ އޮފީސް ފދުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޝެމްޕިއަން ޓީމް ބ. އަތޮޅު ތައުލީމީ މަރުކަޒު. މި މުބާރާތް މިއަހަރުވެސް ބާއްވަން މިހާރުވަނީ ނިންމާފައި -- ފައިލްފޮޓޯ
އިންޓަރ އޮފީސް ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ބ. އަތޮޅު ތައުލީމީ މަރުކަޒު. މި މުބާރާތް މިއަހަރުވެސް ބާއްވަން މިހާރުވަނީ ނިންމާފައި — ފައިލްފޮޓޯ

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން މިދިޔައަހަރު ބާއްވަން ފެށި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.

އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 01 ން 06 އަށް އޭދަފުށީ ސްޓޭޖް ސަރަހައްދު ނުވަތަ އޭދަފުށީ އިރުމަތީއަވަށުގައި އޮންނަ ފުޓްބޯޅަ ދަނޑުގަ އެވެ.

މިމުބާރާތަކީ ފުލުހުންގެ 80 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އޭދަފުށީ ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙު އާލާކުރުމަށާއި ، މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށް އޭދަފުށީ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެ އެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލްގައި ބައްދަލު ކޮށްފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ޓީމާއި ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ.މިމެޗް 02 ލަނޑު 01 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ  ބ. ތަޢުލީމީ މަރުކަޒުގެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.