އޭދަފުށީ ފުޓްބޯޅަ ޓީމަށް އަތޮޅު ކައުންސިލުން ފަރިއްކޮޅެއް ދެއްވައިފި

އޭދަފުށީ ޓީމުގެ ޝަރަފުގައި ކުޅުދުއްފުށީ ކޭއަށި ރެސްޓޯރަންޓްގައި ބ. އަތޮޅު ކައުންސިލުން މިރޭ ބޭއްވި ފަރިއްކޮޅުގެ ތެރެއިން-- ފޮޓޯ / އަތޮޅު ކައުންސިލް
އޭދަފުށީ ޓީމުގެ ޝަރަފުގައި ކުޅުދުއްފުށީ ކޭއަށި ރެސްޓޯރަންޓްގައި ބ. އަތޮޅު ކައުންސިލުން މިރޭ ބޭއްވި ފަރިއްކޮޅުގެ ތެރެއިން– ފޮޓޯ / އަތޮޅު ކައުންސިލް

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި ވާދަކުރުމަށް މިހާރު ކުޅުދުއްފުއްޓަށް ގޮސްތިބި އޭދަފުށީ ފުޓްބޯޅަ ޓީމަށް ބ. އަތޮޅު ކައުންސިލުން މިރޭ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ކުޅުދުއްފުށީ ކޭއަށި ރެސްޓޯރަންޓްގައި ބޭއްވި ފަރިއްކޮޅުގައި، ކުޅުދުއްފުށީގައި މި ވަގުތު ތިއްބެވި އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އަތޮޅު ކައުންސިލުގެ ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމަށް އަތޮޅު ކައުންސިލުން ފަރިއްކޮޅެެއް ދެއްވިއިރު، އަތޮޅު ކައުންސިލުން ވަނީ އޭދަފުށީ ފުޓްބޯޅަ ޓީމުން ޒޯން 3 ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ބުރުގައި އެ ޓީމުގެ ކުޅުންތެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ހިތްވަރު ވެސް ދެއްވައިފަ އެވެ.

މިނިވަން ފަންސާސް މުބާރާތުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމު
މިނިވަން ފަންސާސް މުބާރާތުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމު

މުބާރާތުގައި އޭދަފުށީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ހޯމަ ދުވަހު މާމިގިލީ ޓީމާ ބައްދަލުކޮށް 4-4 އިން ވަނީ އެއްވަރުވެފަ އެވެ. މުބާރާތުގައި އޭދަފުށީ ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. އެ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ހދ. ނޮޅިވަރަމު އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 18 ވާ ހޯމަ ދުވަހު އޭދަފުށި ނިކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ޝެޑިއުލް ކޮށްފައިވަނީ އައްޑޫ ސިޓީ ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.