ހިބަޅިދޫ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި

ހިބަޅިދޫ: އެ ރަށަށް އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި
ހިބަޅިދޫ: އެ ރަށަށް އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި

ބ. ހިބަޅިދޫ އިން ހަތިޔާރާއި ގޮވާ އެއްޗެހިތަކެއް ފެނުނު މައްސަލާގައި އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ހިބަޅިދޫ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެ ރަށުން ބަޑި އާއި ވަޒަނާއި ގޮވާ ތަކެތި ފެނުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިބަޅިދޫ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ފުލުހުންނާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވަނީ އަދިވެސް އެ ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެއީ ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

“ފުލުހުންގެ ބެލުމުގެ ދަށުގައި ހިބަޅިދޫ ބޭއްވުމުގެ މުއްދަތު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.” ހަވީރުގައި ވެ އެވެ.
ބ. ހިބަޅިދޫ އުރަފަށަށް ފައްތާފައި ހުއްޓައި ފުލުހުން ހޯދި ހަތިޔާރުތަކުގެ ތެރެ އިން ސްނައިޕާ ރައިފަލްގައި ބޭނުންކުރާ ވަޒަނެއް ވަނީ ފެނިފަ އެވެ.

ހިބަޅިދޫ އުރަފަށަށް ފައްތާފައި ހުރި ހަތިޔާރުތަކެއް ފެނުނީ، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު، ރިއާސީ ލޯންޗު “ފިނިފެންމާ”ގައި އެއްޗެއް ގޮއްވައިލި ހާދިސާގެ ތަހުގީގުގެ ތެރެއިން ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ހޯދައި ބަލަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މާޅޮހުމީހާ

    ތިރަށަކީ ބޮން ގޮއްވާލި ހާދިސާގައި ހައްޔަރު ކުރި ވީއައިޕީ ނޫނީ މަތީ ފަންތީގެ ބަަޔަކު ނުވަތަ މީހަކު ތަހުގީގު މަރުހަލާ ނިންމުމަށް ގެންގުޅޭ ރަށެއް ކަމަށް ބެލެވެނީ. ތިޔަ ޖާނަލިސްޓުން ޕޮލިހުން ކުރެން މިސުވާލު އައްސަވާލައްވާ. ފަހަރުގައި ވެދާނެ ހޯމް މިނިސްޓަރު އެންގެވި ގޮތް ކަމަށް. ނަމެއްގައި އެމީހަކު ނުވަތަ އެބަޔަކު ބަންދުކޮށްފައި ހުރީ އޭދަފުށި ޕޮލިސް ސްޓޭޝަންގައި. އެކަމަކު ހީވާ ގޮތުން ހިބަޅިދޫގައި ހަމަ ބަޔަކު ހައްޔަރު ކޮށްގެން އެބަ ގެންގުޅޭ. މިވެދާނެ ހަމަ ހަގީގަތް ކަމަށް. އެއްޗެއް ހޯދާ ކަމަށް ވަނީ ނަމަ ދޮޅު މަސް ވާއިރު ނުފެންނަންވީ ކީއްވެބާ؟ އެނގޭހާވެސް ކަމަކީ ދޭތެރެ ދޭތެރެއިން އޭދަފުއްޓަށް 50 ހަކަށް އެސްއޯ ފުލުހުން އަރާކަން. އެމީހުންގެ ކަންތައް ހުންނަ ގޮތުން ހީވޭ ވަރަށް އަޑި ނޭނގޭ ކަމެއް ހިގާހެން. ދެން ކުޅިވަރު ބަލަން ތިބެމާ!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.