ސްވިމިން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު

ސްވިމިން އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ސްވިމިން އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ސްވިމިންގ އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނި، ދިރާގު ހަމަޖައްސައިފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މިއެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ޑިރެކްޓަރ މާކެޓިން އަހުމަދު މައުމޫނާއި، މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު، މުހަންމަދު މިރްޝާން ހަސަނެވެ. އަދި ސްވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެސޯސިއޭޝަނުގެ ރައީސް މުހަންމަދު އަބްދުއްސައްތާރާއި ޖެނެރަލް ސެކެޓްރީ މުހަންމަދު ޝާރިފް އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ، ސްވިމިންގ ފަދަ ކުރިއަރަމުން އަންނަ ކުޅިވަރެއް ރާއްޖޭގައި ތަރައްޤީވަމުން އަންނަ ދުވެލި އިތުރަށް ބާރުކުރުމުގައި އެހީތެރިވުމުގެ ފުރުސަތު ދިރާގަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަނުން މާލެއާއި ރާއްޖެތެރޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އެންމެހާ ހަރަކާތްތަކުގައި ދިރާގުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ފެނިގެންދާނެ ކަމަށާއި އަދި މިއީ ޒުވާން ކުދިންނާއި ކުޅިވަރު ތަރައްޤީ ކުރުމަށް ދިރާގުން އަބަދުވެސް ދެމުންގެންދާ ސަމާލުކަމުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއް ކަމަށްވެސް އިމްޖާދު ވިދާޅުވި އެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރު ވިދާޅުވީ އެ އެސޯސިއޭޝަންގެ ޕާޓްނަރަކަށް ދިރާގު ވުމަކީ ކުރިއަށް ދާން ލިބުނު ހިތްވަރެއް ކަމަށެވެ.

“ވާދަވެރި އެކިއެކި މުބަރާތްތައް ފެތުންތެރިންނަށް ބޭއްވިގެންދާނެ އަހަރެއް މިއީ. ކުރިމަގުގައި ﷲ ގެ އިރާދަފުޅާ އެކު ދިރާގު ފަދަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ފެތުންތެރިންނަށް ދެވޭ ތަމްރީންތައް އިތުރުކޮށް ކާމިޔާބީތައް އިތުރުކުރެވޭނެ ކަމަށް އުންމީދުކުރަން،” ސައްތާރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.