ގަބުރުސްތާން ސާފުކުރަން ފަށައިފި

އޭދަފުށީ ގަބުރުސްތާން ހުއި ގަސްތަކުން ފުރިފައި. މިތަން ސާފުކުރުމުގެ ބޮޑޫ ހަރަކާތެއް އަންނަ ހުކުރުދުވަހު ހިންގުމަށް ދަނީ ތައްޔާރުވަމުން-- އީޓީ ފޮޓޯ
އޭދަފުށީ ގަބުރުސްތާން ހުއި ގަސްތަކުން ފުރިފައި. މިތަން ސާފުކުރުުގެ މަސައްކތަ މިހާރުދަނީ ކުރަމުން- އީޓީ ފޮޓޯ

ސާފު ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ހުއި ގަސްތަކާއި ވިނަ ގަސްތަކުން ފުރިފައިވާ އޭދަފުށީ ގަބުރުސްތާން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ފަށަފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގަބުރުސްތާން އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“އެސްޓިމޭޓް އުސޫލުން ބަޔަކާ ހަވާލުކޮށް ހުކުރުދުވަހު ސާފުކުރުމުގެ މަސައްކަތް ފަށައިފިން، ސާފުކުރުމަށްފަހު ދާއިމީކޮށް ސާފުކޮށްބޭއްވޭތޯ މިދަނީ މަސައްކަތް ކުރަމުން،”

ގަބުރުސްތާނު ވިނަ ނޮޅައި ސާފުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. އެނގިފައިވާ ގޮތުގައި އެންމެފަހުން ރަށު ކައުންސިލުން ގަބުރުސްތާން ސާފުކުރުވާފައި ވަނީ މީގެ ދޮޅު އަހަރެއްހާ ކުރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.