އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރުގައި

ދިރާސީ އަހަރުފެށި ދުވަހު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި.. މިއަހަރުންފެށިގެން އޭލެވެލް އިމްތިހާޏުގަިއ ދަރިވަރުން ބައިވެރިކުރާނީ އޮކްޓޯބަރު/ނޮވެމްބަރުގައި-- ފައިލްފޮޓޯ
ދިރާސީ އަހަރުފެށި ދުވަހު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި.. މިއަހަރުންފެށިގެން އޭލެވެލް އިމްތިހާޏުގަިއ ދަރިވަރުން ބައިވެރިކުރާނީ އޮކްޓޯބަރު/ނޮވެމްބަރުގައި– ފައިލްފޮޓޯ

ކޮންމެ އަހަރެއްގެ މެއި/ޖޫން މަހު ބާއްވާ މަތީ ސާނަވީ ނުވަތަ އޭލެވެލް އިމްތިހާނު މިއަހަރުން ފެށިގެން އޮކްޓޯބަރު/ނޮވެމްބަރުމަހު ބާއްވާގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އޮކްޓޯބަރު/ނޮވެމްބަރުމަހު ބާއްވާ އޭލެވެލް އިމްތިހާނުގައި މިއަހަރުން ފެށިގެން ދަރިވަރުން ބައިވެރިކުރަން ފަށާނެ ކަމަށާއި އެ އިމްތިހާނުގައި ދަރިވަރުން މިއަހަރު ބައިވެރިވާނީ ހަމައެކަނި އޭއެސް ޕޭޕަރުތަކުގައި އެކަނި ކަމަށެވެ.

އޮކްޓޯބަރު/ނޮވެމްބަރުމަހު ބާއްވާ އޭލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިކުރުމާބެހޭ

    • އޮކްޓޯބަރު/ނޮވެމްބަރު ގައިވާ ބާއްވާ އިއެލްއޭ އިމްތިހާނުތަކުގައި ދަރިވަރުން ބައިވެރިކުރަން ފަށަނީ 2016 ވަނަ އަހަރުން ފެށިގެން.
    • މި އަހަރުގެ މާޗު މަހުން ފެށިގެން މަތީ ސާނަވީއަށް ކިޔަވަންފަށާ ދަރިވަރުން ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮކްޓޯބަރު/ނޮވެމްބަރު ގައި ބާއްވާ އައިއެލްއޭ އިމްތިހާނު ތަކުގެ އޭއެސް އާއި އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތަކުގައި. އަދި އެޗްއެސްސީ އާއި އައިއޭއެލް އިމްތިހާންތަކުގެ އޭލެވެލް ޕޭޕަރުތަކުގައި ދަރިވަރުން ބައިވެރިކުރާނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި.

މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުން (ޖޫން 2015 ގައި ކިޔަވަންފެށި ބެޗް) އާއި މިހާރު ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރުން (ޖޫން 2014 ގައި ކިޔަވަންފެށި ބެޗް) އޭލެވެލް އިމްތިހާނުގަިއ ބައިވެރިކުރާނީ ކުރިއެކޭވެސް އެއްގޮތަށް މެއި/ޖޫން ގައި ބާއްވާ އިމްތިހާނުގައެވެ. އަދި ކޮންމެ އަހަރެއްގެ ޖެނުއަރީމަހު ބާއްވާ އޭ-ލެވެލް އިމްތިހާން އަންނަ އަހަރުގެ ޖެނުއަރީމަހަށްފަހު މުޅިން ހުއްޓާލެވޭނެ ކަމަށްވެސް އެޑިޔުކުކޭޝަން މިނިސްޓްރީން ބުންނެވެ.

މީގެ ކުރިން މަތީ ސާނަވީގެ ކިޔެވުން އަބަދުވެސް ފަށަނީ ޖޫން މަހުގެ ތެރޭގައި ނަމަވެސް މިއަހަރު ކިޔެވުން ފަށާނީ މާޗު މަހުގެ ތެރޭގަ އެވެ.

ގްރޭޑް ދިހައެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނު އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެރޭގައި ހަދާއިރު، އެ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބެނީ އަނެއް އަހަރުގެ ޖޫން މަހު އެވެ. އެހެންވެ، އެ ދޭތެރެއަށް ބޮޑު ހުސްކަމެއް އަންނާތީ، އޭލެވެލްގެ ކިޔެވުން އަވަސް ކުރުމަށް މިނިސްޓްރީން މިދިޔަ އަހަރުވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ކުދިންނެއް އޭލެވެލް އާއި އޯލެވެލް އިމްތިހާނު ހަދަ އެވެ. މި ހުރިހާ ކުދިން އެއް ދުވަސްކޮޅެއްގައި އިމްތިހާނު ހަދަން ޖެހުނު ކަމުގައި ވިޔަސް ދަތި ނުވާނެ ކަމަށާއި އެކަމަށް ގޮތްތަކެއް ހޯދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.