މިނިވަން 50 ފުޓްބޯޅަ މުބާރާތް: އޭދަފުށި ސެމީ އަށް

މިނިވަން ފަންސާސް މުބާރާތުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމު
މިނިވަން ފަންސާސް މުބާރާތުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމު

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ހދ. ނޮޅިވަރަމްއާއި އދ. މާމިގިލި މެޗު 1-1 އިން އެއްވަރުވުމުން ސެމީގެ ޖާގައެއް އޭދަފުއްޓަށް ކަށަވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުވުމުން އެ ގްރޫޕުން ސެމީގެ ޖާގަ ލިބުނީ ށ. ފޯކައިދޫއާއި އޭދަފުއްޓަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މި ދެޓީމު މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ގްރޫޕްގެ އެއްވަނަ އޭދަފުއްޓަށް ލިބޭނީ މާދަމާގެ މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ފޯކައިދޫއަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ.

ފޯކައިދޫ ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓް ހޯދާފައެވެ. ފުރަތަމަ މެޗުގައި ނޮޅިވަރަމްގެ މައްޗަށް 4-2 އިން ކުރި ހޯދި އިރު އެންމެ ފަހުން ކުޅުނު މެޗުގައި މާމިގިލި އަތުން އެޓީމު މޮޅުވީ 3-1 އިންނެވެ. ކުޅުނު ތިން މެޗުން މާމިގިލި ޓީމަށް 2 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފުލަށް ނޮޅިވަރަމް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވެ އެއްމެޗުން އެއްވަރުވެ 1 ޕޮއިންޓާއެކުއެވެ. މާދަމާގެ މެޗަށް އޭދަފުށި ނުކުންނައިރު ކުޅުނު ދެމެޗުން ވަނީ 4 ޕޮއިންޓް ލިބިފައެެވެ. ފުރަތަމަ މެޗުގައި މާމިގިއްޔާއި ބައްދަލުކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. އޭދަފުށީގެ ދެވަނަ މެޗުގައި ނޮޅިވަރަމް އާއި ވާދަކޮށް 4-1 އިން ވަނީ މޮޅުވެފައެވެ.

މި މުބާރާތުގެ ގްރޫޕް 2 ގައި މިއަދު ކުޅުނު މެޗުގައި އައްޑޫ ސިޓީގެ ފޭދޫ ވަނީ ވ. ކެޔޮދޫ ޓީމު 6-1 އިން ބަލިކޮށްފަ އެވެ. މި މޮޅާއެކު ފޭދޫއަށްވެސް ވަނީ ސެމީގެ ޖާގައެއް ޔަގީންވެފައެވެ. މުބާރާތުގެ ސެމީގެ ފަހު ޖާގަ ޔަގީން ވާނީ މާދަމާ ހަވީރު އައްޑޫ ސިޓީގައި ވާދަކުރާ އެ ގްރޫޕްގެ ފަހު މެޗު ނިމުމުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ގދ. ފަރެސްމާތޮޑާ އާއި ލ. ގަމެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ. ތިންވަނަ ހޮވާ މެޗު 25 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅޭނީ މިމަހުގެ 26 ވަނަދުވަހު އެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ސްޓޭޑިއަމުގަ އެވެ. މި މެޗުތައް ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމް އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.