ފަސޭހަކަމާއެކު ފޯކައިދޫ ބަލިކޮށް ގްރޫޕްގެ އެއްވަނަ އޭދަފުއްޓަށް

ފޯކައިދޫ 3-0 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބުމާ ގުޅިގެން އޭދަފުށީ ޓީމުން އުފާ ފާޅުކުރަނީ
ފޯކައިދޫ 3-0 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބުމާ ގުޅިގެން އޭދަފުށީ ޓީމުން އުފާ ފާޅުކުރަނީ

މިިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފޯކައިދޫއާއި ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ އޭދަފުށި ހޯދައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އޭދަފުށީ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފް (ސޮބީ) އެވެ. ސޮބީ މި ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުން ގޯލްގެ މަތީކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.

އޭދަފުށީ ޓީމުން މޮޅަށް ކުޅެމުންދިޔަ މި މެޗުގެ ދެވަނަ ގޯލް 70 ވަނަ މިނިޓުގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މެޗުގެ އިތުރު ވަގުތުގައި އޭދަފުށީގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ މުޙައްމަދު އަޖުފާން އެވެ.

މި މެޗުގެ 64 މިނިޓުގައި ފޯކައިދޫ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ބާކީބައި އެޓީމު ކުޅުނީ 10 ކުޅުންތެރިންނާއި އެކުއެވެ. މުހިއްމު ބައެއް ކުޅުންތެރިން ނުލައި ނުކުތް އޭދަފުށި ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލް ޖަހާނެ ރަގަޅު ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ.

މި މޮޅާއެކު ގްރޫޕް 1 ގެ އެއްވަނަ އޭދަފުއްޓަށް ލިބުނީ 7 ޕޮއިންޓާއި އެކ ުއެވެ. ގްރޫޕްގެ ދެވަނަ 6 ޕޮއިންޓާއި އެކު ފޯކައިދޫއަށް ލިބުނުއިރު ތިންވަނައަށް ދިޔަ މާމިގިލި ޓީމަށް ލިބުނީ 2 ޕޮއިންޓެވެ. ގްރޫޕްގެ ފުލަށް ދިޔަ ނޮޅިވަރަމް ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

އައްޑޫ ސިޓީގައި މިއަދު ހަވީރު ކުޅުނު ގްރޫޕް 2 ގެ ފަހު މެޗުގައި ފަރެސްމާތޮޑާ ޓީމު ވަނީ 2-1 އިން ލ. ގަން ބަލިކޮށްފަ އެވެ. މ ިމެޗުން ފަރެސްމާތޮޑާ މޮޅުވުމުން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެ ޓީމުވަނީ ސެމީއަށް ހޮވިފައެވެ. މި ގްރޫޕުން އެއްވަނަ ހޯދީ އައްޑޫ ސިޓީގެ ފޭދޫ ޓީމެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭނީ އޭދަފުއްޓާއި ފަރެސްމާތޮޑާ ޓީމެވެ. ދެވަނަ ސެމީގައި ފޭދޫ ޓީމާއި ބައްދަލުކުރާނީ ފޯކައިދޫއެވެ. ތިންވަނަ ހޮވާ މެޗު މިމަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅޭނީ 26 ވަނަ ދުވަހުއެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ސްޓޭޑިއަމްގަ އެވެ. މި މެޗުތައް ޕަބްލިކް ސާވިސް މީޑިޔާގެ ޓީވީއެމް އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.