އޭދަފުށީ ފުޓްބޯޅަ ޓީމު ރަށަށް އައުމުން ހޫނު މަރުހަބާއެއް

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕުގެ އެއްވަން ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދުމާއެކު އޭދަފުށީ ޓީމު މިއަދު ހެނދުނު އެނބުރި ރަށަށް އައުމުން އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު 9:30 ގައި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ޒުވާނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން ބައެއް އާއްމުންވެސް ރަސްމީ ފާލަން ސަރަހައްދަށް އެއްވި އެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

ކޮންމެ ކުޅުންތެރިޔަކަށް ސްކޫލް ދަރިވަރެއްގެ އަތުން މާބޮނޑިއެއް ހަދިޔާކުރިއިރު، އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރަށު ކައުންސިލުގެ މެންބަރުންގެ އިތުރުން އޮފީސްތަކުގެ އިސްވެރިންވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށްބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި އޭދަފުށިން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ ތިން މެޗުން ހަ ޕޮއިންޓް ހޯދި ފޯކައިދޫ އެވެ.

ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ދޭއްގެ އެއް ވަނަ އަށް ދިޔަ ހިތަދޫ އާއި ދެ ވަނަ އަށް ދިޔަ ފަރެސްމާތޮޑާ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ފޭދޫ އެއް ވަނަ އަށް ދިޔައީ ފައިދާ ލަނޑު ގިނަވުމުންނެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް
އޭދަފުށީ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –އީޓީ ފޮޓޯ: / ތޯރިގް

މުބާރާތުގެ ސެމީ ފައިނަލް ކުޅޭނީ މި މަހު 22 އާއި 23 ވަނަ ދުވަހު އެވެ. އަދި ފައިނަލް ކުޅޭނީ މި މަހު 26 ވަނަ ދުވަހު އެވެ. ސެމީ އާއި ފައިނަލް ކުޅޭނީ އައްޑޫގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމެއް ދިނުމުގެ އިތުރުން އަންނަ އަހަރުގެ ގައުމީ މުބާރާތުން ޖާގަ ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ

އޭދަފުށީ ޓީމުގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ އޭދަފުއްޓަކީ ފުޓްބޯޅައިގައި ފެށުނީއްސުރެ މަޝްހޫރު އަދި ކުރިއެރުން ހޯދަމުން އަންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، މުބާާރާތް ކާމިޔާބުކޮށް ގައުމީ މުބާރާތުން ޖާގަ ލިބޭނެ ކަމުގެ އުއްމީދު ބޮޑޫ ކަމަށެވެ.

ފޯކައިދޫ 3-0 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބުމާ ގުޅިގެން އޭދަފުށީ ޓީމުން އުފާ ފާޅުކުރަނީ
ފޯކައިދޫ 3-0 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބުމާ ގުޅިގެން އޭދަފުށީ ޓީމުން އުފާ ފާޅުކުރަނީ

“ޓީމު މިހާތަނަށް ދެއްކި ކުޅުން ވަރަށް ރަނގަޅު. އުއްމީދު ކުރަން މުބާރާތް ކާމިޔާބުކޮށް އަނެއްކާވެސް އޭދަފުށީ ޓީމު ގައުމީ މުބާރާތުން ޖާގަ ލިބޭނެ ކަމަށް، މި ޓީމުގައި އެ ފެންވަރު އެބަހުރި،” ބައްޓޭ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.