ސޮނެވާފުށިން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރަނީ

ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ / އަބޫ ޔައުލާ
ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ / އަބޫ ޔައުލާ

ސޮނެވާފުށިން ދިވެހި ކުޑަކުދިން މޫދާ ރައްޓެހިކޮށްދީ، ފަތަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގާމުގެ ދަށުން ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް އޭދަފުށިގައި ފަށައިފި އެވެ.

ސޮނެވާފުށީ ރިސޯޓާއި މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން އަދި ބ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ ކޯހުގައި 19 މީހަކު ބައިވެރިވެފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހުފެށި މި ކޯސް ކުރިއަށް ދާނީ އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ / އަބޫ ޔައުލާ
ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ / އަބޫ ޔައުލާ

ސޮނެވާފުށީ ރިސޯޓުގެ ކޮމިއުނިޓީ އެންގޭޖްމެންޓް މެނޭޖަރު އައިޝަތު ނިޔާޒު (އައިޝާ) ވިދާޅުވީ އުމުރުން 8-9 އަހަރުގެ ކުދިން ނުވަތަ ގްރޭޑް ތިނެއްގެ ކުދިންނަށް ފަތަން ދަސްކޮށްދޭނެ އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ކޯހުގައި ކިޔަވައިދެނީ ލައިފްގާޑް އެސޯސިއޭޝަންގެ ތަޖުރިބާކާރު ސްވިމިންގ އިންސްޓްރަކްޓަރެއް ކަމަށެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ނިމޭ އިރު ފަތަން ދަސްކޮށްދިނުމުގެ ތަފާތު ހުނަރުތަކާއި، ގިނަ ކުދިންތަކެއް ބައިވެރިކޮށްގެން ސްވިމިން ޕްރޮގްރާމުތައް ހިންގާނެ ގޮތުގެ ހުނަރުތައް ވަރަށް ބޮޑަށް ދަސްވެގެން ދާނެ ކަމަށް ސޮނެވާފުށިން ބުންޏެވެ.

ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ / އަބޫ ޔައުލާ
ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށް ސޮނެވާފުށިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ / އަބޫ ޔައުލާ

ސޮނެވާފުށިން 2014 ވަނަ އަހަރު ފެށި ފަތަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމްގެ އަމާޒަކީ ހަމައެކަނި ފަތަން ދަސްކޮށް ދިނުމެއް ނޫނެވެ. އޭގެ އިތުރުން މޫދާއި ފަރުގެ ދިރުންތަކަށް ދަރިވަރުން އަހުލުވެރި ކުރުމަކީ ވެސް ސޮނެވާގެ މަގުސަދެކެވެ. އަދި ތައުލީމީ އާ މަންހަޖުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ދަރިވަރުން ފަތަން އެނގެންޖެހޭ ކަމަށް ހިމެނިފައިވުމަކީވެސް މި ޕްރޮގްރާމް ހިންގަންޖެހުނު މަގުސަދެވެ.

ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ނަމަވެސް އަދިވެސް މި ގައުމުގައި ފަތަން ނުދަންނަ ގިނަ ބަޔަކު އުޅެ އެވެ. އަދި އޭގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި ވެސް އެބަ ހުއްޓެވެ. އެހެންވެ، ސޮނެވާއިން އިސްނަގައިގެން މި ފެށި ޕްރޮގްރާމްގެ ފައިދާ އެތައް ގޮތަކުން ދިވެހިންނަށް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.