ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްގެން 12 ކްލާސްރޫމް އެޅުމަށް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްގެން 12 ކްލާސްރޫމް އެޅުމަށް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު —

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ހަތަރު ބުރީގެ އާ އިމާރާތެއް އެޅުމަށް 9 މިލިއަން ރުފިޔާ އަށް މާރިސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ ހަތަރު ބުރީގެ އެ އިމާރާތުގައި 9 ކްލާސް ރޫމް ހިމެނޭނެ ކަމަށެވެ.

ޝަފީއު ވިދާޅުވީ އެ މަޝްރޫއަކީ ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ.

“މި މަޝްރޫއު ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަމާޒުކުރީ އެ ސްކޫލަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް އަންނަ ސްކޫލަށް ވެފައި އެ ސްކޫލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ،” ޝަފީއު ވިދާޅުވި އެވެ.

އެ އިމާރާތް އަޅަން ހަމަޖައްސާފައިވަނީ އައިއެޗްޑީޕީ ޕްރޮޖެކްޓެގެ ދަށުން އެޅި އިމާރާތާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުﷲ

    ކިތަންމެ ކަމެއް މިރަށަށް ކޮށްދިނަސް މިސަރުކާރުން ކަމެއް ކޮށްދޭކަމަކަށް ނުވާނެ. ހޮސްޕިޓަލް ވަހީދުއަށް ދަންނަވާލަން އޮތީ ލޮލުގެ ޑޮކްޓަރުންކޮޅެއް ތަންކޮޅެއް ކައިރި މުސްތަޤްބަލެއްގައި ގެނެސްދޭށޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.