އޭދަފުށި – ފަރެސްމާތޮޑާ މެޗު ހޮނިހިރު ދުވަހަށް ފަސްކޮށްފި

12508675_1265256373491189_5518902954160740109_n

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ފަރެސްމާތޮޑާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.

އީޓީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެފް.އޭ.އެމް އިން މި މެޗު ފަސްކުރީ ކުރިން މިމެޗު ކުޅެން ހަމަޖައްސާފައިވާ ތާރީޚްގައި މިހާރު ކުރިއަށްދާ ބަންގުބަންދު ގޯލްޑްކަޕްގެ ފައިނަލް މެޗު އޮތުމުގެ ސަބަބުން މެޗު ލައިވް ކުރުމުގައި މައްސަލަތަކެއް ދިމާވާނެތީއެވެ.

މިހާރުގެ ބަދަލާއިއެކު އޭދަފުއްޓާއި ފަރެސްމާތޮޑާ މެޗު ޓީވީއެމް އިން ވަގުތުން ދައްކާނެއެވެ. މީގެ އިތުރުން ސެމީގެ ދެވަނަ މެޗާއި ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗުވެސް ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން މި ދެޓީމުގެ ކުރިމަތިލުން ޝެޑިއުލް ކޮށްފައިވަނީ ހުކުރު ދުވަހަށެވެ. މި މެޗު ފަސްކުރުމުން މުބާރާތުގެ ޝެޑިއުލްއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މިހާރުގެ ޝެޑިއުލްގައި ސެމީ ފައިނަލްގެ ފުރަތަމަ މެޗު ހޮނިހިރު ދުވަހު ކުޅުމަށްފަހު ފޭދޫ އާއި ފޯކައިދޫ ބައްދަލުކުރާ ދެވަނަ ސެމީ ކުޅޭނީ އަންނަ އާދީއްތަ ދުވަހުއެވެ. ތިންވަނަ ހޮވާމެޗު އަންގާރަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 27 ވާ ބުދަ ދުވަހުއެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފް.އޭ.އެމް އިން ކުރިއަށް ގެންދާ މުބާރާތެެކެވެ. މި މުބާރާތުގެ ދެ ބުރު މިހާރު ވަނީ ނިމިފައެވެ. ތިންވަނަ ބުރު ނިމޭއިރު ޗެމްޕިއަންކަން ހޯދާ ޓީމަކަށް މި އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ދޭނެކަމަށް އެފް.އޭ.އެމް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.