ކުޑައްޓޭ ނިއު ދޫކޮށް ވެލެންސިއާ އަށް ބަދަލުވެއްޖެ

މުހައްމަދު ސިފާން (ކުޑައްޓޭ) – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
މުހައްމަދު ސިފާން (ކުޑައްޓޭ) – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންދާ ވެލެންސިއާ އަށް ކުޅެން ނިއު ރޭޑިއަންޓުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ސޮއިކޮށްފި އެވެ.

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަދި ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އައި ބ. އޭދަފުއްޓަށް އުފަން ކުޑައްޓޭ ވެލެންސިއާ އަށް މި ދިޔައީ ތިން އަހަރު ނިއު އަށް ކުޅެ އަދި ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ނިއު އިން ރިލީސް ދިނުމުންނެވެ.

ކުޑައްޓޭ ފުޓްބޯޅަ ކެރިއަރު ފެށީ 2004 ވަނަ އަހަރު ނިއު އިންނެވެ. ފަސް އަހަރު އެ ޓީމަށް ކުޅުމަށް ފަހު ދެން ފެނުނީ ނިއުގެ ވާދަވެރި ވިކްޓްރީންނެވެ. ވިކްޓަރީ އަށް ދެ ސީޒަން ކުޅުމަށް ފަހު 2013 ގައި އޭނާ ދެވަނަ ފަހަރަށް ނިއު އަށް ބަދަލުވި އެވެ.

ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އައި ކުޑައްޓޭ އަކީ ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބު ކުރި ޓީމުގައި ކުޅެ ޕާކިސްތާން ކޮޅަށް މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވެލެންސިއާ އިން ވަނީ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި ދިފާއީ ކުޅުންތެރިޔާ އަހުމަދު ޝާފިއު (ޝާފީ) ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.